ކުލަބު ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫ ކުލަބު ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެކުލަބުން ހުޅުވާލައިފިއެވެ.

ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއެކު ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް ހއ. އިހަވަންދޫގައި އުފެއްދުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ކަމަށް ޕޯލްސްޓަރ އިން ބުނެއެވެ. އެއީ ސްކޫލް ކުދިންގެ ބައި އަދި އާއްމު ބައެވެ.

މިހިނގާ ރަމަޟާން މަހުގެ ތެރޭގައި މި ޤުރުއާން މުބާރާތުގެ ކިޔެވުން އޮންނާނެ ކަމަށް ކުލަބު ޕޯލސްޓަރ އިން ބުނެފައިވާއިރު، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ބުދަ ދުވަހުގެ (27 މާރިޗް) ނިޔަލަށެވެ.

މިމުބާރާތުގެ 1 ވަނަ އަށް ހޮވޭ ފަރާތަކަށް ބެލެނިވެރިޔަކާއިއެކު އުމުރާ ދަތުރެއްވަނީ ހުށަހަޅާފައެވެ.

ޕޯލްސްޓަރ އިން އެންމެ ފަހުން ބޭއްވި އެކުލަބުގެ 19 ވަނަ ޤުރުއާން މުބާރާތުގެ 1 ވަނަ އަށް ހޮވިފައި ވަނީ  އަޒާ އިބްރާހިމް އަސްލަމްއެވެ.

މިމުބާރާތުގައި އޮންލައިންކޮށް ފުރިހަމަކޮށްލާ ފޯމަކުން ބައިވެރިވެވޭނެ އިންތިޒާމު ޕޯލްސްޓަރ އިން ވަނީ ހަމަޖައްސާފައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު