އެޗްއާރްއެފް ވޮލީ ލީގު: ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ހޯރަފުށީ ޕޮލިސް ޗެމްޕިއަންކަން ހޯދައިފި

.

އެޗްއާރްއެފް ވޮލީ ލީގުގައި ހޯރަފުށީ ޕޮލިސް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، %100 ރެކޯޑަކާއި އެކު ޗެމްޕިއަންކަން ހޯދައިފިއެވެ. ހޯރަފުށީ ޕޮލިސް މިމުބާރާތުގެ ޗެމްޕިއަންކަން ހޯރީ ރޭ ހޯރަފުށި އައުޓްޑޯ ވޮލީ ކޯޓު ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި އެފްސީ ފްރިގޭޓަރ 3-1 ސެޓުން ބަލިކޮށްގެންނެވެ.

ހޯރަފުށީ ޕޮލިސް ޓީމުން ފައިނަލް މެޗްގެ ސެޓްތައް ގެންދިޔައީ 25-21، 25-21 އަދި 26-24 އިންނެވެ. އެފްސީ ފްރިގޭޓަރއިން ކާމިޔާބުކުރި ސެޓް ގެންދިޔައީ 25-23 އިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހޯރަފުށީ ޕޮލިސް ޓީމްގެ ޖާޒީ ނަންބަރު 7، މުބައްޝަރު ރަޒާއެވެ.

އެޗްއާރްއެފް ވޮލީ ލީގަކީ ވޮލީ ބޯޅާގައި ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި ހޯރަފުށީ ކައުންސިލުން އިންތިޒާމު ކޮށްގެން މިއަހަރު މުޅިން އަލަށް ބޭއްވި މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދިޔައީ ހއ. އަތޮޅަށް  ހުޅުވާލައިގެންނެވެ. މިފަހަރުގެ މުބާރާތުގައި އިހަވަންދޫ އިމަގު އަދި  ކެލާ ކައުންސިލްގެ އިތުރުން, ހޯރަފުށީ ކްލަބްތައް ކަމުގައިވާ ޓީމް ހިޔާ, އެފްސީ ފްރިގޭޓަރ، ގަޑި ސްޕޯޓްސް އަދި  ޕޮލިސް ކްލަބް ވަނީ ބައިވެރިވެފައެވެ.


މުބާރާތުގެ މުހިއްމު ވަނަތައް:
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާ: ހޯރަފުށީ ޕޮލިސް ޓީމްގެ ޖާޒީ ނަންބަރު 7، މުބައްޝަރު ރަޒާ
މުބާރާތުގެ ފެއަރޕްލޭ ޓީމް: އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)
މުބާރާތުގެ އެންމެ މޮޅު ކޯޗް: ހޯރަފުށީ ޕޮލިސް ޓީމްގެ ކޯޗް، މައުމޫރު މުހައްމަދު
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: ހޯރަފުށީ ޕޮލިސް ޓީމްގެ، މުބައްޝަރު ރަޒާ


ހޯރަފުށީ ޑްރީމް ޓީމް:

  • އަބްރާހިމް އަލީ، ހޯރަފުށީ ޕޮލިސް ޓީމް
  • އަބްރާހިމް އިހްސާން، ހޯރަފުށީ ޕޮލިސް ޓީމް
  • ފަތުހުﷲ އަހުމަދު، އެފްސީ ފްރިގޭޓަރ
  • އަހުމަދު މުހައްމަދު، އެފްސީ ފްރިގޭޓަރ
  • މުހައްމަދު ޒަޔާން ރަޝީދު، އެފްސީ ފްރިގޭޓަރ
  • އަލީ އަސްލަމް، ކްލަބް ޖީއެސް

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން:

  • މުބައްޝަރު ރަޒާ، ހޯރަފުށީ ޕޮލިސް ޓީމް
  • ޗޯދުރީ މަންނާތު، އެފްސީ ފްރިގޭޓަރ
  • ޖަގަންދީބް ސިންގް، އިމަގު
  • އިބްރާހީމް އަލީ، ހޯރަފުށީ ޕޮލިސް ޓީމް
  • ފުތުހުﷲ އަހްމަދު، އެފްސީ ފްރިގޭޓަރ
  • އާދަމް ނަސީމް، ހޯރަފުށީ ޕޮލިސް ޓީމް