ސެމީފައިނަލުން ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަށް، ވޮލީ ކޯޓެއްގައި ޕްރެކްޓިސްކުރަންޖެހުނު ޓީމް ނައިވާދޫ

ލުޤުމާން އަޙްމަދު

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ކުރިޔަށްގެންދާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024، ގެ ސެމީފައިނަލުން ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަކަށް ޓީމް ނައިވާދޫ ވެއްޖެއެވެ.

ޓީމް ނައިވާދޫގެ ކޯޗް ސިނާން، އެޓީމްގެ ފުރަތަމަ މެޗަށްފަހު ބުނީ އެޓީމް މިމުބާރާތަށް ތައްޔާރުވާން ޖެހުނީ ވަރަށްބޮޑެތި ގޮންޖެހުން ތަކާއި އެކުކަމުގައެވެ. އެގޮތުން އެރަށުގައެއް ކުޅޭނެ އެއްވެސް ދަނޑެއް ނެތުމުން އެރަށުގައިކުރި  ޕްރެކްޓިސްތައް ކުރަންޖެހުނީ ވޮލީ ކޯޓެއްގައި ކަމަށެވެ.

ޓީމް ނައިވާދޫ ސެމީފައިނަލުން ޖާގައެއް ކަށަވަރުކުރީ އެޓީމުން މިމުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެގެން 6 ޕޮއިންޓާއި އެކުއެވެ. އެޓީމް ސެމީފައިނަލުން ޖާގައެއް ކަށަވަރުކުރިއިރު ބާކީ އަދި އެއް މެޗް އެބައޮތެވެ. ނައިވާދޫ މިމުބާރާތުގައި ކުޅުނު ފުތަމަ މެޗުގައި ކުޅިމަގު ފަސްގަނޑު ބަލިކުރީ 6-1 އިންނެވެ. އެޓީމްގެ ދެވަނަ މެޗްގައި މިރޭ ކުޅިމަގު ބަލިކުރީ 4-0 އިންނެވެ. ނައިވާދޫ ހިމެނޭ ގްރޫޕްގެ އެއްވަނާގައި 6 ޕޮއިންޓާއިއެކު ނާވައިދޫ އޮތްއިރު ފައިދާ ގޯލުގެ ތަފާތުން އެއް ޕޮއިންޓާއިއެކު އެގްރޫޕްގެ ދެވަނާގައި އޮތީ ޔުނައިޓެޑް ޔޫތްއެވެ. ކުޅިމަގަށްވެސް އެއް ޕޮއިންޓް ލިބިފައިވާއިރު ކުޅިމަގު ފަސްގަނޑަށް މިހާތަނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިއަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވީ ކުޅިމަގު ފަސްގަނޑު، ޓީމް މޮޅަދޫ، ޔުނައިޓެޑް ޔޫތް، އެންވީކޭ، އެފްސީ ބޮޑު މަގު، ކުޅި މަގު، ސެންސިޓީ، ޓީމް ނައިވާދޫ އަދި މަނަފަރު އެފްސީއެވެ. މީގެ ތެރެއިން މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމްތަކަކީ އެންވީކޭ، ޔުނައިޓެޑް ޔޫތް، ޓީމް ނައިވާދޫ، އެފްސީ ބޮޑުމަގު، ކުޅިމަގު، ސެންސިޓީ އަދި ޖޭއޭ މަނަފަރެވެ.

ޚިޔާލު ފައުޅުކުރުން

ޚެޮިެިެ ެެދޮބެިި ުެިނުދި8ެ ެުުެިެ ހެޖިސި ޔސޖސ8މސހސ ގެެ ެނުެި މސުސިދ ސިދި ކުސިދބހސު i