މިއަދުން ފެށިގެން އިހަވަންދޫ ފަޅުތެރޭގައި ފައިބަރގްލާސްއާ ގުޅޭ އެއްވެސް މަސައްކަތެއް ކުރުން މަނާވާނެއެވެ. އިހަވަންދޫ ކައުންސިލުން އެކަން އާއްމުކޮށް އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.
އިހަވަންދޫ ކައުންސިލްގެ އިއުލާނުގައިވަނީ، ގިނަ އާއްމު ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބެމުންދާތީ އަދި އެމަސައްކަތަކީ ސިއްހަތަށް ނުރައްކާތެރި ކަމަކަށްވާތީ، ފަޅުތެރޭގައި ފައިބަރގްލާސްއާ ގުޅޭ އެއްވެސް މަސައްކަތެއް ކުރުން، 1 ޖޫން 2024 ވަނަ ދުވަހުން ފެށިގެން އެއްކޮށް މަނާވާނެކަމުގައެވެ. އެގޮތަށް ކައުންސިލުން ނިންމާފައިވަނީ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 148 ވަނަ އާއްމު ބައްދަލުވުމުންނެވެ.
އާމުން ޝަކުވާ ކުރި ނަމަވެސް މީގެ ކުރިން ކައުންސިލުންއަކީ ވަކި ހުދޫދެއްގެ ތެރޭގައި ފައިބަރގްލާސްއާ ގުޅޭ މަސައްކަތްކުރުމަށް ހުއްދަ ދެމުންނެވެ. ނަމަވެސް ކައުންސިލުން ދޫކުރާ ހުއްދަޔާ ހިލާފަށް ރައްކާތެރިކަމެއްނެތި ފައިބަރގްލާސްއާ ގުޅޭ މަސައްކަތް ކުރާކަމުގެ ޝަކުވާބޮޑެވެ.