ސެންސިޓީ، އިމަގު މެރެނާ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

.

އިމަގު މެރެނާ ކަޕް 2024 ވިމެންސް އެޑިޝަންގެ ޗެމްޕިއަންކަން ސެންސިޓީ ހޯދައިފިއެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ރޭ އިމަގު އައުޓްޑޯ ވޮލީ އެރީނާގައި ކުޅުނު ފައިނަލްމެޗްގައި އެފްސީ ބޮޑުމަގުގެ މައްޗަށް ސީދާ 3 ސެޓުން ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗްގެ ސެޓްތައް ސެންސިޓީއިން ކާމިޔާބުކުރީ 25-12، 25-12 އަދި 25-15 އިންނެވެ. ލީގުއުސޫލުން ކުޅުނު ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗަކުން މޮޅުވެ ފައިނަލުން ސީދާ ޖާގައެއް ކަށަވަރުކުރި އެފްސީ ބޮޑުމަގަށް ފައިނަލް މެޗްގައި އެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. މިމުބާރާތުގައި ވާދަކުރީ، އެފްސީ ބޮޑުމަގު، ސެންސިޓީ، ކްލަބް އިރަމާ އަދި އެންވީކޭއެވެ.  މިއީ އިމަގު އައުޓްޑޯރ ވޮލީ އެރީނާގައި ކުޅުނު ފުރަތަމަ ވޮލީ ބޯޅަ މުބާރާތްކަން ފާހަގަކުރެވެރެވެއެވެ.

މިމުބާރާތުގެ ޗެމްޕިއަން  ސެންސިޓީއަށް 5000ރ ގެ ފައިސާގެ އިނާމެއް ދީފައިވާއިރު،ރަނައަޕް އެފްސީ ބޮޑުމަގު ޓީމަށްވަނީ 3000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ. މުމުބާރާތުގެ ފެއަރޕްލޭ ޓީމަށް ހޮވިފައިވަނީ އެންވީކޭއެވެ.


މުބާރާތުގެ މުހިއްމު ވަނަތައް:
ކުއީން އޮފް ދަ ޓޯނަމަންޓް: އީނަތު އަހުލާ
ޑްރީމް ޓީމް:
އީނާޝް (އެންވީކޭ)، އައިރީން (ބޮޑުމަގު)، ނައުޝާ (ސެންސިޓީ)، ނަސްރަތު (ސެންސިޓީ)، އީނަތު (ސެންސިޓީ) އަދި ޝަރޫނާ (ބޮޑުމަގު)
ބެސްޓް ކޯޗް: މިސްބާޙް