އެންވީކޭ ފައިނަލަށް ދަތުރުކުރިއިރު، އިރަމާ އަދި ޔޫތް ސެމީއަށް

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން  ކުރިޔަށްގެންދާ “އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2024” ގެ ފައިނަލަށް އެންވީކޭ ދަތުރު ކުރިއިރު، އިރަމާ އަދި ޔުނައިޓެޑް ޔޫތް ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

މިމުބާރާތުގެ ފައިނަލަށް އެންވީކޭ ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން 9 ޕޮއިންޓާއި އެކުއެވެ. ގްރޫޕް ސްޓޭޖްގެ ދެވަނަ ހޯދީ ޔުނައިޓެޑް ޔޫތް 6 ޕޮއިންޓް ހޯދިއިރު، 3 ވަނަ ހޯދި އިރަމާވަނީ 3 ޕޮއިންޓް ހޯދައިފައެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާމެޗަކުން ބަލިވެ މުބާރާތުން ކެޓި ސެންސިޓީއަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

ޔުނައިޓެޑް ޔޫތް އަދި އިރަމާ ވާދަކުރާ ސެމީފައިނަލް މެޗް ކުޅޭނީ މާދަމާރޭ 20:00 ގައެވެ. މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 20:00 ގައެވެ.

މިމުބާރާތުގައި ވާދަކުރަނީ ޔުނައިޓެޑް ޔޫތް، އެންވީކޭ، ސެންސިޓީ އަދި ކުލަބް އިރަމާއެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނާރސް އަޕް ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.