އިހަވަންދޫއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިހަވަންދޫގައި ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުން އަންނަ ބޭސިކް އެންޑް އެޑްވާންސް ސެޓްފިކެޓުގެ ފަހާ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އެކޮމިޓީ އިން އިއްޔަ ކޮށްފައިވާ އިޢުލާނުގައި ވަނީ، އެ ކޯހުގައި ބައިވެރިވުމަށް ބައެއް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުން ގެންދާތީ، 13 އޮކްޓޯބަރު 2024 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފަވާ ކަމުގައެވެ.
މިމަހުގެ 15 ވާ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިކޯހުގެ ކޯސް ފީއަކީ 2000ރ އެވެ. ކޯހުގައި 30 ބައިވެރިންނަށް ވުރެ ގިނައިން ބައިވެރިވެއްޖެނަމަ ކޯސް ފީއަކީ 1800ރ އެވެ. ކޯހުގައި ބައިވެރިވާ ބައިވެރިންގެ ތެރެއިން 30 ބައިވެރިއަކަށް އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން 800ރ ދިނުމަށް ހަމަޖެހިފައިވެއެވެ. ކޯހުގައި ބައިވެރިވާ ބައިވެރިންގެ އަދަދު 30 އަށްވުރެ ގިނަ ނަމަ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ދިނުމަށް ޖަމަޖެހިފައިވާ 800ރ ދޭނީ ޤުރުއަތުން ނެގޭ 30 ބައިވެރިންނަށެވެ. ކޯހުގައި ބޭނުންކުރުމަށް ފަހާ ފޮއްޓާއި ބޮޑު ކަތުރު ފިޔަވައި، އިތުރަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނީ ކޯސް ހިންގައިދޭ ފަރާތުންނެވެ.
މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 13 އޮކްޓޯބަރ 2024 ވާ އާދިއްތަ ދުވަހުގެ ގެ ހެނދުނު 10:00 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރަންޖެހެއެވެ. އެފޯމްގެ ލިންކަކީ: https://forms.office.com/r/h3F6hh7ALV