ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 - ކުޅިމަގު އަދި ޖަންގަލް ފެށުން ރަނގަޅުކޮށްފި

.

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ވޮލީ މުބާރާތް 2024، ކުޅުނު ފުރަތަމަ ދެ މެޗުން ކުޅިމަގު  އަދި ޖަންގަލް މޮޅުވެއްޖެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ކުޅިމަގު މޮޅުވީ، ޔުނައިޑެޓް ޔޫތާއި ވާދަކޮށް 3-1 ސެޓުންނެވެ. މިމެޗެގް ސެޓްތައް ކުޅިމަގުން ގެންދިޔައީ 25-16، 25-20 އަދި 25-14 އިންނެވެ. ޔުނައިޑެޓް ޔޫތުން ކާމިޔާބުކުރި ހަމައެކަނި ސެޓް ގެންދިޔައީ 25-21 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކުޅިމަގު ޓީމްގެ އިބްރާހިމް ފަޒީލްއެވެ. މިމުބާރާތުގެ ދެވަނަ މެޗް ޖަންގަލްއިން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. އެމެޗްގެ ސެޓްތައް ޖަންގަލްއިން ގެންދިޔައީ 25-07، 25-20 އަދި 25-18 އިންނެވެ. މެޗްގެ މޮޅުކުޅުންތެރިޔާއަށް ހޮވުނީ ޖަންގަލް ޓީމްގެ މުހައްމަދު ރިމާޒްއެވެ.

މިމަހުގެ 12 އިން 17 އަށް  ކުރިޔަށްދާ މިމުބާރާތުގައި ބައިވެރިވެފައިވަނީ  ޔުނައިޓެޑް ޔޫތް، ކުޅިމަގު، ކުލަބް އިރަމާ އަދި ޖަންގަލްއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖް ލީގު އުސޫލުން ކުޅޭއިރު، އެންމެ ގިނައިން ޕޮއިން ހޯދާ ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރު ވާނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވާނީ ގްރޫޕް ސްޓޭޖުން 2 ވަނަ އަދި 3 ވަނަ ހޯދާ ޓީމްގެ މެޗްގެ ކުޅޭ ސެމީފައިނަލްއިން މޮޅުވާ ޓީމަށެވެ.