އިމަގުން ތަރައްޤީކުރަމުންދާ ވޮލީކޯޓާ ގުޅުވައިގެން ދޮގުވަހާކަ ދައްކާތީ އެކަން ކުށްވެރިކޮށްފި
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ތަރައްޤީކުރަމުންދާ ވޮލީކޯޓާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ސިޔާސީ މަޤްސަދެއް ހާޞިލްކުރުމަށް ހަޤީގަތާ ޚިލާފު ވާހަކަތަކެއް ދަށްކަމުންދާކަމަށްބުނެ އެކަން އިމަގުން ކުށްވެރިކޮށްފިއެވެ.
އިމަގުން އެކަން ކުށްވެރިކުރީ އެޖަމިއްޔާގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި މިރޭ ޝާއިއުކުރި ކުރު ބަޔާނެއްގައެވެ. އިމަގު ބަޔާނުގައި ބުނެފައިވަނީ އެޖަމިއްޔާގެ ރިހިޔޫބީލް މުނާސަބާއާ ގުޅުވައިގެން ތަރައްޤީކުރަމުންދާ ޒަމާނީ އައުޓްޑޯރ ވޮލީކޯޓަކީ ސަރުކާރުގެ ބައެއް މުއައްސަސާތަކާއި، ރަށުގެ ޒުވާނުންނާއި އިމަގު ދެކެ ލޯބިވާ އެތައްބައެއްގެ އެހީތެރިކަމާއި މަދަދާއިއެކު އެޖަމިއްޔާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތެއްކަމުގައެވެ.
އިމަގުން އިހަވަންދޫގައި ޒަމާނީ ވޮލީ ކޯޓެއް އެޅުމަށް ބިން ދޫކުރުމުގެ އެއްބަސްވުމުގައި ކައުންސިލުންސިލާއިއެކު ސޮއެކުރީ 20 ސެޕްޓެމްބަރ 2021 ގައެވެ. އިމަގުން އިހަވަންދޫގައި ތަރައްޤީކުރަމުންދާ ވޮލީ ކޯޓް އޮންނަނީ އިހަވަންދޫ ސްކޫލްގެ ޕްލޭ ގްރައުންޑްގެ އުތުރަށެވެ. އެބިމުގެ ވަށާފާރު ރާނާ ފެންސް ޖަހާފައިވާއިރު މިހާރު ކުރިޔަށްދަނީ ވޮލީ ކޯޓްގެ ބޭސް ތައްޔަރުކުރުމުގެ މަސައްކަތެވެ.
އިހަވަންދޫ ކައުންސިލުންވަނީ އިމަގު ޖަމިއްޔާއިން ތަރައްޤީ ކުރަމުންދާ ޒަމާނީ އައުޓްޑޯ ވޮލީ ކޯޓުގެ ވަށައި ފެންސް ޖެހުމަށް ބޭނުންވާ ތަކެތީގަތުމަށް 62920 ރުފިޔާގެ ފައިސާގެ އެހީތެރިކަންދީފައެވެ. އެކަމަށް އިމަގުން ކައުންސިލަށް ޝުކުރު އަދާކޮށްފައިވާއިރު، އިމަގުންވަނީ ވޮލީކޯޓްގެ ވަށައި ފެންސްގައި ފެންސްނެޓް ހަރުކޮށްދިނުމާއި ވޮލީ ކޯޓްގެ ވެލިގަނޑު ލެވެލްކުރުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޑެޓްގެ ހއ. އިހަވަންދޫ ސައިޓްގެ މުއައްޒަފުންގެ ފަރާތުންލިބެމުންދާ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށްވެސް ޝުކުރު އަދާކޮށްފައެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަލުން އަންނަނީ އިމަގު ޖަމިއްޔާއިން ތަރައްޤީކުރަމުންދާ ވޮލީ ކޯޓަކީ އެހެންފަރާތްތަކެއްގެ އިސްނެގުމަށް ކުރާ މަސައްކަތެއްކަމަށް ދައްކަން މަސައްކަތް ކުރަމުންނެވެ.
އިހަވަންދޫ ކައުންސިލް
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކުނިގޮނޑުގެ ހާލަތު މިއިންދުވަހަކު ގޯސްނުވާ ވަރަށް ގޯސްވެއްޖެ!
11 - މޭ - 2026
އިހަވަންދޫގެ މިއަހަރުގެ ބޮޑު ޢީދު: ކައުންސިލާއި، ކުލަބު ޖަމިއްޔާތައް ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ބާއްވަނީ
29 - އޭޕްރީލް - 2026
ހުއްޓިފައިވާ އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް، އައު ޑިޒައިނަކާއި އެކު ފަށަނީ!
10 - އޮގަސްޓު - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރާ ބިން އާރު.ޑީ.ސީ އާއި ހަވާލުކޮށްފި
9 - ޖުލައި - 2025
އާރުޑީސީއިން ހުރަވީ ދަނޑަށްއެޅި ކުނި އެކުންފުނިން ނަގައިފި!
27 - އޭޕްރީލް - 2025
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް، އަންނަ ހުކުރުދުވަހުގެ ރޭ ފަށަނީ
26 - ނޮވެމްބަރު - 2024
އިމަގު ޖަމިއްޔާއަށް ފުޓްސަލް ދަނޑެއް ހެދުމަށް ދޫކޮށްފައިވާ ބިން ކައުންސިލަށް ނަގަނީ
21 - ޑިސެމްބަރު - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް