އިހަވަންދޫ ސްކޫލް ހޯލްއިމާރާތުގެ ނުނިމިހުރި މަސައްކަތް 240 ދުވަހުން ނިންމުމަށް، 23 އޮގަސްޓް 2022 ގައި އެމް.ޓީ.ސީ.ސީއަށް މަސައްކަތް އެވޯޑް ކޮށްފައިވަނީ 7،758،129.19ރ އަށެވެ.
ހޯލް އިމާރާތް ނިމުމުން، ޖަލްސާތަކައި ސެމިނާތަކައި ކުޅިވަރު އިވެންޓުތައް އިންތިޒާމުކުރުމަށް ވަރަށްބޮޑުތަނުން ފަސޭހަވެ މިހާރު އުފަލަމުންދާ ތަކުލީފުތަކަށް ލުއި ލިބިގެންދާނެކަމަށް ސްކޫލުގެ މެނޭޖުމެންޓުން ދެކެއެވެ. އަދި އެކި އިވެންޓްތަކައިގުޅިގެން ދަރިވަރުންނާއި ބެލެނިވެރިން އުފުލަންޖެހޭ ބުރައަށްވެސް ލުއިވެގެން ދާނެކަމަށް ބެލެނިވެރިން ފާހަގަކުރެއެވެ. މަސައްކަތް ހަވާލުކުރިތާ ހަފުތާއެއް ނުވަނީ ހޯލް އިމާރާތުގެ މަސައްކަތް ފަށައިފި
ސްކޫލް މަލްޓިޕާރޕޯސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް މޯލްޑިވްސް ޓުރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ހަވާލުކުރިތާ ހަފުތާއެއް ނުވަނީސް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މަލްޓި ޕާޕޯސްހޯލްގެ ނުނިމިހުރި މަސައްކަތްތައް އެމްޓީސީސީ އާ ހަވާލުކޮށް މިމަހުގެ 23 ވަނަ ދުވަހުއެވެ.
މަސައްކަތް ހަވާލުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މި މަސައްކަތް ފެއްޓެވިކަން ފާހަގަ ކުރައްވާ، ސްކޫލުން ކުރިން އެދެމުންދިޔަ ބަދަލުތައް ގެނެސްދިނުން ކުރިއަށް ނުގޮސް އޮތުމަށްފަހު، އެމް.ޓީ.ސީ.ސީއައި ހަވާލުކުރި އިރު އެބަދަލުތައް ހިމަނާދެއްވާފައިވާކަން ފާހަގަ ކުރައްވާ އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ އަށާއި ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއަށް ޕްރިންސިޕަލް އަހުމަދު ރަޝިދުވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އެމް.ޓީ.ސީ.ސީ ފަދަ ރައްޔިތުންގެ ކުންފުންޏަކުން ސްކޫލުގައި މަސައްކަތެއް ކުރެވެމުންދާއިރު އެތަކެއް ލުއިފަސޭހަތަކެއް ލިބިގެން ދާނެކަމަށް ޤަބޫލުކުރެވޭތީ، އެކަމަށްޓަކައިވެސް ސްކޫލުގެ މެނޭޖުމެންޓުގެ ހިތްހަމަޖެހުން އޮތަކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.
ސްކޫލްގެ އިމާރާތްތަކުގެ ކަނެކްޓިވިޓީ ބްރިޖުން އިމާރާތްތައް ގުޅާލުމައި، ހޯލްގެ ދޮރުތަކަށް ގެނެވޭ ބަދަލުތަކުގެ އިތުރުންވެސް ސްކޫލުން އެދުނު ބަދަލުތައްވަނީ މަސައްކަތުގެ ސްކޯޕްތެރޭ ހިމަނާފައެވެ.
"މިހާރު އިމާރާތާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރަނގަޅު ހައްލެއް ހޯއްދަވާދެއްވާ، އިމާރާތުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމާލެވޭވަރުގެ ގާބިލް ކުންފުންޏަކީ އެމް.ޓީ.ސީ.ސީ. ސަރުކާރުން ބޭނުންވި އެއްމެ އަވަސް މިނުގައި މި މަސައްކަތް ނުނިންމުނީ ކުރިން ހަވާލުވި ކުންފުނީގެ މަސައްކަތުގެ އަހުލާގު ދައްވުމުގެ ސަބަބުން. އިރާދަކުރެއްވިއްޔާ އަންނައަހަރު ފުރަތަމަ ކުއާޓާއަށް ހޯލް ނިންމާ ބޭނުންކުރަންފެށޭނެ" އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވިއެވެ.
އިހަވަންދޫ ސްކޫލް ހޯލްއިމާރާތުގެ ނުނިމިހުރި މަސައްކަތް 240 ދުވަހުން ނިންމުމަށް، 23 އޮގަސްޓް 2022 ގައި އެމް.ޓީ.ސީ.ސީއަށް މަސައްކަތް އެވޯޑް ކޮށްފައިވަނީ 7،758،129.19ރ އަށެވެ.
ހޯލް އިމާރާތް ނިމުމުން، ޖަލްސާތަކައި ސެމިނާތަކައި ކުޅިވަރު އިވެންޓުތައް އިންތިޒާމުކުރުމަށް ވަރަށްބޮޑުތަނުން ފަސޭހަވެ މިހާރު އުފަލަމުންދާ ތަކުލީފުތަކަށް ލުއި ލިބިގެންދާނެކަމަށް ސްކޫލުގެ މެނޭޖުމެންޓުން ދެކެއެވެ. އަދި އެކި އިވެންޓްތަކައިގުޅިގެން ދަރިވަރުންނާއި ބެލެނިވެރިން އުފުލަންޖެހޭ ބުރައަށްވެސް ލުއިވެގެން ދާނެކަމަށް ބެލެނިވެރިން ފާހަގަކުރެއެވެ.
އިހަވަންދޫ ސްކޫލް ހޯލްއިމާރާތުގެ ނުނިމިހުރި މަސައްކަތް 240 ދުވަހުން ނިންމުމަށް، 23 އޮގަސްޓް 2022 ގައި އެމް.ޓީ.ސީ.ސީއަށް މަސައްކަތް އެވޯޑް ކޮށްފައިވަނީ 7،758،129.19ރ އަށެވެ.
ހޯލް އިމާރާތް ނިމުމުން، ޖަލްސާތަކައި ސެމިނާތަކައި ކުޅިވަރު އިވެންޓުތައް އިންތިޒާމުކުރުމަށް ވަރަށްބޮޑުތަނުން ފަސޭހަވެ މިހާރު އުފަލަމުންދާ ތަކުލީފުތަކަށް ލުއި ލިބިގެންދާނެކަމަށް ސްކޫލުގެ މެނޭޖުމެންޓުން ދެކެއެވެ. އަދި އެކި އިވެންޓްތަކައިގުޅިގެން ދަރިވަރުންނާއި ބެލެނިވެރިން އުފުލަންޖެހޭ ބުރައަށްވެސް ލުއިވެގެން ދާނެކަމަށް ބެލެނިވެރިން ފާހަގަކުރެއެވެ. ގުޅުން ހުރެދާނެ ލިޔުން
ސްކޫލްގެ އޭ ބްލޮކް އަދި ބީ ބްލޮކް އޯވަރ ހެޑް ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ނިންމާލައިފި
7 - އޮގަސްޓު - 2023
ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި
24 - މޭ - 2023
އެޑިއުކޭޝަން މިނިސްޓްރީން އެދުނުގޮތަށް އާސާރީ މަގު ސްކޫލަށް ދީފި
21 - މޭ - 2023
މަލްޓި-ޕަރޕަސް ހޯލްގައި މިހާރު ކުރިއަށްދަނީ ވޭރިއޭޝަންއެއްގެ ގޮތުގައި އިތުރުކުރެވިފައިވާ މަސައްކަތް – އެމްޓީސީސީ
6 - މޭ - 2023
އިހަވަންދޫ ސުކޫލް މަލްޓިޕާޕޯސް ހޯލުގެ މަސައްކަތްތައް ނިމުމަކާ ގާތަށް
25 - އޭޕްރީލް - 2023
ސީ.އެމް.ސީ ބަލިކޮށް ޕޮލިސް ފައިނަލަށް
13 - އޮކްޓޯބަރު - 2022
ފައިނަލްގެ ފުރަތަމަ ޖަގާ އައި.އެސް.އޭޑީ.އެޗް.ސީ އަށް
12 - އޮކްޓޯބަރު - 2022
ޕޮލިސް ބަލިކޮށް އައި.އެސް.އޭޑީ.އެޗް.ސީ ދެވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް
10 - އޮކްޓޯބަރު - 2022
ފަހަތުންއަރައި ޕޮލިސް ބަލިކޮށް ކައުންސިލް ސެމީއަށް
10 - އޮކްޓޯބަރު - 2022
ފެނަކަ މިރޭ މެޗަށްވެސް ހާޒިރުނުވުމުން ޖޫރިމަނާއަކާއި ދީމާއަށް
9 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް