ޔުނައިޓެޑް ޔޫތު މިފަހަރު ވަރަށް ތަފާތު..

އައިޝަތު އިލްމާ އަދުނާން

އަންނަ،  ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ އިހަވަންކަޕްގައި ޔުނައިޓެޑް ޔޫތު ބައިވެރިވުމަށް ނިންމާފިއެވެ.

ޔުނައިޓެޑް ޔޫތުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވުމަށް ނިންމިކަން އިއުލާންކޮށްފައިވާއިރު، ޔޫތުގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންގެ ނަންތައް ވެސް ދަނީ ޔޫތުގެ ރަސްމީ ފޭސްބުކު ޕޭޖުގައި އިއުލާން ކުރެވެމުންނެވެ.

ޔުނައިޓެޑް ޔޫތަކީ އަބަދުވެސް ތަފާތު ޓީމެއްކަމަށް އިހަވަންދޫގެ ގިނަ ރައްޔިތުން އެއްބަސްވާއިރު މިފަހަރު ޔޫތުގެ ޕްރޮމޯޝަނަލް ހަރަކާތްތައް ވެސް ވަރަށް ތަފާތެވެ. މައް ދިވެހި ބަހުން ކުޅުންތެރިންގެ ތައާރަފު ގެނެސްދީފައިވާ ގޮތް  އެހާމެ ފުރިހަމައެވެ. ދިވެހި ބަހުން ލިޔެފައިވާ ލިޔުން ކޮޅު ތަފާތު 3 ބަހަކުށް ތަރުޖަމާ ކޮށްދީފައިވެއެވެ. އިނގިރޭސިބަހުންނާއި އަރަބި ބަހުން އަދި  ބައެއް ޕޯސްޓްތައް ބަންގްލާބަހުން ޓްރާންސްލޭޝަން ގެނެސްދީފައިވެއެވެ. ޔުނައިޓެޑް ޔޫތުގެ މެނޭޖަރ  ހަސަން ޝަމާމް ވިދާޅުވަނީ ދިވެހިން ބަހަށް އިސްކަންދިނުމުގެ ގޮތުން ތަފާތު ގޮތަކަށް މިފަހަރު ޔޫތުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

“މިފަހަރު ބޭނުންވަނީ ތަފާތު، އަމިއްލަވަންތަ ގޮތަކަށް ކުރިއަށް ގެންދަން. އަމިއްލަ ބަހުން ކެމްޕެއިން އިވެންޓްތައް ކުރިއަށް ގެންދަނީ އެގޮތަށް ވިސްނާފަ.ބައެއް ޕޯސްޓްތައްދަނީ އަދި ކުރިއަށް އޮތްތާ އިޖުތިމާއި މައްސަލަތަކަށް ހޭލުންތެރި ކުރުމަށް މުބާރާތުގެ ކެންޕެއިން ތެރެއިން އެޑްރެސް ކުރާނަށް”

 ޝަމާމް އިތުރަށް ވިދާޅުވިގޮތުގައި ޔޫތުން ބޭނުން ކުރަމުންދާ “މިކަންވެއްޖެ” އަކީ މިފަހަރުގެ ޔޫތުގެ ސްލޯގަން ނޫންކަމަށާއި އެއީ، އިނގިރޭސި ބަހުން “ޑަންޑީލް” ގެ ދިވެހި އިބާރާތްކަމަށެވެ. ވަރަށް އަވަހަށް ސްލޯގަން އާންމު ކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

މިއަދުގެ ހެނދުނުގެ ވަގުތުގައި ޔޫތުގެ ޖަރޒީއަށް ޕްރި އޯޑަރ ކުރުމަށް ވަނީ ހުޅުވައިލާފައެވެ.

ހއ އަދި ހދ އަތޮޅަށް ހުޅުވައިލާގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާ ލިބޭއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާ ލިބެއެވެ.

މިއީ، މައިކަޕްގެ މުބާރާތަށްފަހު އިހަވަންދޫގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ.