ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން މިފަހަރު އިއުލާންކުރީ ބޮޑުބަދަލަކާއިއެކު
ހއ. އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ މަސައްކަތް ދެވަނަފަހަރު ބީލަމަށް ހުޅުވާލައިރު ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ހާމަވެއްޖެއެވެ. އެކަން ހާމަވެފައިވަނީ ޓެންޑަރ ބޯޑުން އާންމުކޮށްފައިވާ ބިޑް ޑޮކިޔުމެންޓް ތަކުންނެވެ.
ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން އިހަވަންދޫގެ އާމިނާދިޔޯ ސިއްޙީމަރުކަޒު ހޮސްޕިޓަލަކަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން 2020 ވަނަ އަހަރުވެސް އިޢުލާނު ކޮށްފައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެފަހަރު އެކަމަށް ޝައުގުވެރިވި ކުންފުނިތަކުން ހުށަހެޅި އަގުތައް ބޮޑުވުމުން އެއްވެސް ފަރާތަކަށް ޕްރޮޖެކްޓް އެވޯޑް ނުކުރީއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެފަހަރު ކުންފުނިތައް ހުށަހެޅި އަގުތައް އެހާބޮޑުވެފައިވަނީ ހޮސްޕިޓަލް ޑިޒައިން ކޮށްފައިވާ ގޮތުންނާއި، ކޮންޓްރެކްޓަރ ފައިނޭންސްކޮށްގެން ހިންގަން ޖެހޭ މަޝްރޫޢުއަކަށް ވީހިނދު ފައިނޭސްކުރާނެ ބަޔަކު ހޯދައި ބިޑްކުރުމަށް ކޮންޓްރެކްޓަރުންނަށް ލިބުނު ވަގުތު ކުޑަވުމުގެ ސަބަބުންނެވެ.
މިފަހަރު މިމަސްރޫޢު ބީލަމަށް ހުޅުވާލިއިރު މިދެކަމަށްވެސްވަނީ ރިޔާއަތްކޮށްފައެވެ. އެގޮތުން ހޮސްޕިޓަލުގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނެސް "ޔޫސަބަލް އޭރިޔާ" ވަނީ ބޮޑުކޮށްފައެވެ. މީހާރު ރާއްޖޭގައި ހިންގަމުންދާ ހޮސްޕިޓަލް ތަކަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށްވެސް އައު ޑިޒައިނުގައި ވަރަށްބޮޑަށް ރިޔާއަތް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މިފަހަރުވެސް ހޮސްޕިޓަލް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް ކުރާގޮތަށެވެ. ނަމަވެސް މިފަހަރު ކޮންޓްރެކްޓަރުންވަނީ ފައިނޭންސް ހޯދުމަށް 2 ގޮތެއް އިހްތިޔާރުކުރުމުގެ ފުރުސަތުދީފައެވެ. ސަރުކާރުންވަނީ ބޭންކް އޮފް މޯލްޑިވެސް (ބީއެމްއެލް) މެދުވެރިކޮށް، މިމަޝްރޫޢުއަށް ކުރިމަތިލާ ކޮންޓެކްޓަރުންނަށް ފައިނޭސް ލިބޭނެ އިންތިޒާމް ހަމަޖައްސާދީފައެވެ. ވުމާއިއެކު މިމަޝްރޫއުއަށް ކުރިމަތިލާ ކޮންޓްރެކްޓަރުންނަށް ބީ.އެމް.އެލް ގެ ފައިނޭސްގައި ކުރިޔަށް ދިޔުން ނުވަތަ އެހެން ގޮތަކުން ފައިނޭންސް ހޯދުމުގެ އިޙްތިޔާރު އޮންނާނެއެވެ. ބީ.އެމް.އެލް ގެ ފައިނޭންޝަލް ޕްލޭނުގައި ވާގޮތުން ޕްރޮޖެކްޓްގެ %75 ކޯސްޓަށް ބޭންކުން ފައިނޭންސްކުރާއިރު %8.9 އިންޓްރެސްޓް ރޭޓްގައި 2 އަހަރުގެ ގްރޭސް ޕީރިއަޑަކާއި އެކު ބޭންކުން ކޮންޓްރެކްޓަރަށް ލޯނުދޭނެއެވެ. އަދި ސަރުކާރުން ކޮންޓްރެކްޓަރަށް ފައިސާ ދެއްކުމަށް އެއްބަސްވާ ގޮތާއި އެއްގޮތަށް ލޯން އަނބުރާ ދައްކަންޖެހޭ މުއްދަތު 10 އަހަރަށް ބަހާލަދޭނެއެވެ. އެހެންކަމުން އެއީ ކޮންޓްރެކްޓަރުންނަށް ވަރަށްފަހި ފައިނޭންޝަލް ޕޭނަކަށް ވާނެކަން ޔަޤީނެވެ.
މައުލޫމާތު ލިބިފައުވާ ގޮތުގައި 2020 ވަނަ އަހަރު ހޮސްޕިޓަލް އަޅާނެބަޔަކު ހޯދަންކުރި އިއުލާން ބާތިލްކުރުމަށްފަހު އަލުން އިއުލާންކުރަން ދިގުމުއްދަތެއެއް ހޭދަވީ ބީ.އެމް.އެލް އިން މިކަމަށް ފައިނޭސްހޯދުމަށް ކުރި މަސައްކަތްތަކާއި އެކުއެވެ. ޓެންޑަރ ބޯޑުން އާންމުކޮށްފައިވާ އެތައް ސަތޭކަ ސަފްހާއެއްގެ މައްޗަށް އެކުލެވިގެންވާ ބިޑް ޑޮކްއިއުމެންޓްގައި ވަރަށް ތަފްސީލްކޮށް ހުރިހާ ކަމެއްވެސް ބަޔާންކޮށްދީފައިވެއެވެ. ވުމާއިއެކު އެއީވެސް ކުޑަ މަސައްކަތަކަށް ނުވާނެކަން ޔަގީނެވެ.
ޓެންޑަރ ޑޮކިއުމެންޓްގައި ވާގޮތުން މިޕްރޮޖެކްޓްގައި ހިމެނެނީ އިހަވަންދޫގައި އަޅާ ހޮސްޕިޓަލް އިމާރާތާއި އަދި އެކްމަޑޭޝަން ބޮލޮކެއްގެ އިތުރުން ސާވިސް ބިލްޑިންގްއެކެވެ.
އިހަވަންދޫގައި ސަރުކާރުން އަޅާ 30 އެނދުގެ ހޮސްޕިޓަލަށް ޖުމްލަ 71،114،130 މިލިއަން ރުފިޔާ ކުރިޔަށް އޮތް ތިން އަހަރު ތެރޭ ހޭދަވާނޭ ކަމަށް ލަފާކޮށްފައިވާއިރު، އަންނަ އަހަރަށް އެ މަޝްރޫއަށް ހަރަދުކުރުމަށް ވަނީ 17،567235 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފަ އެވެ. އަދި 2023 ވަނަ އަހަރަށް އެ މަޝްރޫއަށް 27،300،424 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ލަފާކޮށްފައިވާއިރު، 2024 ވަނަ އަހަރަށް ވަނީ 26،246،471 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ލަފާކޮށްފަ އެވެ.
އެ ބީލަން ހުޅުވުން އޮންނާނީ 28 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައިކަމަށް މިނސްޓުރީން ބުނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ރައްޒާން، އިސްތިއުފާ ދެއްވައިފި...
16 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
އާމިނާދިޔޯ ހެލްތް ސެންޓަރުގައި ޖީ.ސިކްސް.ޕީ.ޑީ ޓެސްޓު ހަދަން ފަށައިފި
9 - މޭ - 2026
އިތުރު ދެ ޕޮލިޓިކަލް ޑިރެކްޓަރުން އާމިނާދިޔޯ ސިއްޙިމަރުކަޒަށް އައްޔަންކޮށްފި، ޖުމުލަ އަދަދު 4 އަށް!
24 - މާރިޗު - 2026
އުބައްޖަހައި، ހޮސްޕިޓަލް އަޅާބިން އަނެއްކާވެސް ކޮންނަން ފަށައިފި!
15 - މާރިޗު - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
އިހަވަންދޫ ކައުންސިލް މަސްރޭސް 2025 : އެއްވަނަ ކައުންސިލަށް
11 - ޑިސެމްބަރު - 2025
ހުއްޓިފައިވާ އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް، އައު ޑިޒައިނަކާއި އެކު ފަށަނީ!
10 - އޮގަސްޓު - 2025
އިހަވަންދޫއަށް ތާރީހީ ދުވަހެއް : އިހަވަންދޫ ހޮސްޕިޓަލްގެ ކޮންކްރީޓް މަސައްކަތް ފަށައިފި !
16 - ޖުލައި - 2025
އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރާ ބިން އާރު.ޑީ.ސީ އާއި ހަވާލުކޮށްފި
9 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް