ޗާލީ އިންޓަރ އޮފީސް ފުޓްސެލް ޗެލެންޖް: ސްކޫލާއި ފެނަކައަށް ދެމެޗުންވެސް މޮޅު

ޢަބުދުﷲ ޙަމީދު

އިއްޔެ ހަވީރު ފެށުނު ޗާލީ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ކޮންމެ ޓީމެއް ދެމެޗު ކުޅެ ނިމިފައިވާއިރު އިހަވަންދޫ ސްކޫލު އަދި ފެނަކަ އިހަވަންދޫ ބްރާންޗް ކުޅުނު ދެމެޗު ކާމިޔާބުކޮށް ސެމީގެ އުއްމީދުވަނީ އާކޮށްފަ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ފަސޭހަކަމާއެކު ކައުންސިލްގެ މައްޗަށް ފެނަކައިން ކުރިހޯދިއިރު ދެވަނަ މެޗުގައި އިހަވަންދޫ ސްކޫލާއި ޕޮލިހުންގެ ވާދަވެރި ކުރިމަތިލުން ކާމިޔާބުކުރީ ސްކޫލުންނެވެ.

މުބާރާތުގެ ތިންވަނަ މެޗުގައި ފޯރިގަދަ ކުޅުމަކަށްފަހު ފެނަކަ ވަނީ އިހަވަންދޫ ޞިއްހީ މަރުކަޒު ބަލިކޮށްފައެވެ. ކައުންސިލާއި ސްކޫލު ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ކާމިޔާބުކުރީ ސްކޫލު ޓީމެވެ. ރޭގެ ފަހު މެޗުގައި އިހަވަންދޫ ޞިއްޙީ މަރުކަޒު ވަނީ ޕޮލިސް ބަލިކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ.

މިއަދު ހަވީރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުޅުނު ދެމެޗުން މޮޅުވެފައިވާ އިހަވަންދޫ ސްކޫލް އަދި ފެނަކަ އެވެ. ހަވީރު ދެވަނަ މެޗުގައި ބައްދަލްކުރާނީ ކުޅުނު ދެމެޗުންވެސް ބަލިވެފައިވާ އިހަވަންދޫ ޕޮލިސް އަދި އިހަވަންދޫ ކައުންސިލްގެ ޓީމެވެ. މި މެޗުން ބަލިވާ ޓީމަކަށް މުބާރާތުން ކެޓުމުގެ ބިރާ ކުރިމަތިލާން ޖެހޭނެއެވެ.