އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ވޮލީ މުބާރާތް 2022 ގައި ބައިވެރިވުމުގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރުކޮށްފިއެވެ. އެގޮތުން މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މިއަދުގެ 14:00 އެވެ.
މުބާރާތް އިއުލާންކުރި އިރު މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ 14 ނޮވެމްބަރ އެވެ. އޭގެ ފަހުން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތުވަނީ 16 ނޮވެމްބަރަށް އިތުރުކޮށްދީފައެވެ. މިހާތަނަށް މުބާރާތުގައި ބައިވެރިވެފައިވަނީ 3 ޓީމެވެ. އެއީ އަންތަރަ، ގަބީލާ އަދި އިރަމާއެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވާ ހުކުރު ދުވަހުއެވެ. މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ފުޓްސަލް ދަނޑުގައެވެ.