ﷲ ތަޢާލާ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވުން
ﷲ ތަޢާލާއާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވުމަކީ ފަރުޟެކެވެ. އަދި ކިޔެއްތަ ފަރުޟުތަކުގެ ތެރެއިން އެންމެ ބޮޑު ފަރުޟެވެ. އަދި އެހެން ހުރިހާ ފަރާތްތަކާއި އެއްޗިހި ދެކެ ވާ ލޯތްބަށްވުރެ ﷲ އާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ވާ ލޯބި އިސްކުރަން ޖެހެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّـهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّـهُ بِأَمْرِهِ وَاللَّـهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ([1])-
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، އަޚުންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) ﷲ އާއި، އެކަލާނގެ ރަސޫލާއާއި، އެކަލާނގެ މަގުގައި ޖިހާދު ކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، ﷲ ގެ ޢަޒާބު އަތުވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! ފާސިޤު ވީ މީހުންނަށް، ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.”
މީގެން އަހަރެމެންނަށް ދަލާލަތުކޮށްދެނީ ﷲ ތަޢާލާއާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވުމުގެ ވާޖިބުކަމާއި އެހެން ހުރިހާ ފަރާތްތަކުގެ ލޯތްބަށްވުރެ އެދެފަރާތަށް އޮންނަންވާ ލޯބި އިސްކުރަން ޖެހޭނެކަމެވެ. އަދި މަތީގައިވާ އާޔަތުގައި ޛިކުރުކުރެވިފައި އެވާ ތަކެތީގެ މައްޗަށް އޮންނަ ލޯބި ﷲ އާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ވާ ލޯތްބާއި އެ އިލާހުގެ މަގުގައި ޖިހާދުކުރުމަށް އޮންނަ ލޯތްބަށްވުރެ ކުރިއަރައި ހިނގައްޖެނަމަ އެފަދަ މީހަކަށް ހުރި ގަދަފަދަ ވެގެންވާ ވަޢީދުގެ ބަސްފުޅު ޙައްޤުވެގެންވާކަމެވެ.([2]) ﷲ އާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވާ މީހެއްގެ ޢަމަލުތައް ހުންނަން ޖެހޭނީ ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންގެވި ގޮތުގެ މަތީގައެވެ. ﷲ އަށް ޝިރުކު ކުރާ ޙާލު ނުވަތަ ފާފަތަކަށް އަރައިގަންނަ ޙާލު ނުވަތަ އެއިލާހު ޙަރާމް ކުރައްވާފައިވާ ކަންތައްތައް ކުރުމުގައި ދެމި ހުންނަމުން ތިމަންނާ ﷲ ތަޢާލާ ދެކެ ލޯބިވަމޭ އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވަމޭ ބުނި ކަމުގައިވިޔަސް އެއީ ޙަޤީޤަތުގައި ތެދު ބަހަކަށް ނުވާނެއެވެ. ސަބަބަކީ ލޯބިވާ ފަރާތުގެ އަމުރުތަކަށް ލޯބިވާ މީހާ ކިޔަމަންވާނެއެވެ. އަދި ލޯބިވާ ފަރާތުގެ ނަހީތަކުން ލޯބިވާ މީހާ ދުރުހެލިވެގަންނާނެއެވެ. ޝާޢިރު ވިދާޅުވެފައިއެވެ.
تعصي الإله وأنت تُظهرُ حُبَّهُ
هذا لعمري في القياس بديعُ
لو كان حُبَّك صادقاً لأطعتَه
إن المحبَّ لمن يُـحِبُّ مُطيعُ([3])
މާނައަކީ: “ތިބާ ﷲ އަށް އުރެދޭ ޙާލު އެއިލާހުދެކެ ލޯބިވާކަމަށް ފާޅުކުރެއެވެ. ތިޔައީ އަޅާކިޔުމުގެ ގޮތުން އެއްގޮތަކަށްވެސް ދިމާނުވާ، އައު ކަމެކެވެ. ތިބާ ތިޔަވާ ލޯބި ތެދުވެރިނަމަ، ތިބާ އެއިލާހަށް ކިޔަމަންތެރިވީހެވެ. ފަހެ ލޯބިވާ މީހަކުވަނީ އެމީހަކު އެލޯބިވީ މީހަކަށް ކިޔަމަންތެރިވާ މީހެއް ކަމުގައެވެ.”
([1]) سورة التوبة، الآية: 24.
([2]) تفسير السعدي (ص 332).
([3]) الشفاء بتعريف حقوق المصطفى (2/571 – 582).
****************************************
ޙަވާލާ:
1- وجوب محبة النبي ونصرته وحكم من سبه، وعموم رسالته – سعيد بن علي بن وهف القحطاني
2- محبة النبي صلى الله عليه وسلم وتعظيمه- عبد الله بن صالح الخضيري
3- محمد الرسول الله بين الاتباع والابتداع -عبد الرؤوف محمد عثمان
4- الشفا بتعريف حقوق المصطفى صلى الله عليه وسلم – عياض بن موسى بن عياض اليحصبي أبو الفضل
ގުޅުން ހުރެދާނެ ލިޔުން
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވުމުގެ ބޭނުން / ދަލާއިލުއް ތައުޙީދި - 9
19 - ޖޫން - 2015
ﷲ ތަޢާލާގެ ރަހުމަތާއި ދިންނެވުމާއި ފުއްސެވުންނެތް ފާފައެއް ނުވޭ: ޝެއިހް އާދަމް ނިޝާން
16 - އޭޕްރީލް - 2021
ހޯރަފުށީ ކައުންސިލް ކަޕް: ފުރިގޭޓަރ މުބާރާތްފެށީ ލަނޑު ގޯންޏަކުން!
14 - ސެޕްޓެމްބަރު - 2026
ޒަރޫރީ ސަބްސްކްރިޕްޝަންތަކަށްވެސް ލިމިޓެއް ކަނޑައަޅައި އީ-ކޮމާސް މުއާމަލާތްތައް އިތުރަށް ހަރުކަށިކޮށްފި!
13 - ސެޕްޓެމްބަރު - 2026
ކައުންސިލް ކަޕް ވޮލީ މުބާރާތުގައި އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫއިން 5 ޓީމެއް ބައިވެރިވެއްޖެ!
12 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ކޯލްޑް ސްޓޯރޭޖް ބަޔަކާ ހަވާލު ކުރެވިއްޖެ - މިނިސްޓަރު ޝިޔާމް
11 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ފޮޓޯ: އިހަވަންދޫ ސްކޫލްގެ އަހަރީ ޖަލްސާ 2026
8 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ މަގާމް ޢިޝާ އަދި ޝައިހާ ހޯދައިފި
6 - ސެޕްޓެމްބަރު - 2026
އިހަވަންދޫ "މަޝްރޫޢު ޓްރެކަރ" ލޯންޗް ކޮށްފި...
6 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް