ޝޯމީއިން 8 މިނިޓުން ފޯނުގެ ފުލް ޗާރޖު ކޮށްލަނީ
މިއީވެސް ހަނގުރާމައެކެވެ. މި ހަނގުރާމައިގެ މައިދާނުގައި، މުޅިދުނިޔޭގެ މާރކެޓުގައި ނަންހިނގާ އެތައް ކުންފުންޏަކުން ވާދަކުރެއެވެ. މި މުގާބަލާގައި މިފަހަރު ކުރިއަށް މި ޖެހުނީ ޗައިނާގެ ޝޯމީ ކުންފުނިންނެވެ. 'ޒިއޯމީއޭ' ކިޔާމީހުންވެސް މަދެއްނޫނެވެ. އެމީހުންވަނީ، ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރާނެ ވަރުގަދަ ހަތިޔާރެއް ދައްކާލައިފައެވެ. ޝޯމީއިން އެމީހުންގެ އޮފިޝަލް ޓުވިޓަރ އެކައުންޓުން ވާދަވެރިންނަށް ދައްކާލުމަށް ހެދި ހަތިޔާރު ޓެސްޓު ވެގެންދިއައީ، ޝޯމީގެ ނިވާފަތްގަނޑުގައިތިބި ކަސްޓަމަރުންނަށް ހިނިތުންވުން ގެނެސްދިން ހަމަލާއަކަށެވެ.
ޝޯމީ ކުންފުނިންވަނީ،ނަރުމެދުވެރިކޮށް 200 ވޯޓް އަދި ނަރަކާނުލާ 120 ވޯޓް ޗާޖުކުރެވޭ، ޗާޖަރެއް ދައްކާލައިފައެވެ. އަދި މިޗާޖަރަށް ހާއްސަކޮށް ބަދަލުތަކެއް ގެނެސްފައިވާ، ޝޯމީގެ އެމްއައި 11 ގެ ފޯނެއްގައި 4000 މިލިއެމްޕިޔަރުގެ ބެޓެރިއެއް އަޅުވާ ވަނީ ޓެސްޓުކޮށްފައެވެ.
ނަތީޖާ ފެނިފާވަނީ، ޝޯމީއިން އުއްމީދުކުރިވަރަށްވުރެވެސް ރަނގަޅަށް ކަމަށް ބުނެއެވެ. ފޯނު ޗާޖުކުރަންފެށިތާ، 44 ސިކުންތުގެ ތެރޭ ފޯނުގެ ބެޓެރީގެ 10 އިންސައްތަ ޗާޖުވިއެވެ. ނަރަކާނުލާ މަސައްކަތްކުރާ (ވަޔަރލެސް) ޗާޖަރުން 1 މިނިޓު 9 ސިކުންތުގެ ތެރޭގައި 10 އިންސައްތައަށް ޗާޖުކުރެވުނެވެ. ބެޓެރީގެ 50 އިންސައްތައާ ހަމައަށް ޗާޖުކޮށްލުމަށް ބޭނުންވީ ހަމަ އެންމެ ތިންމިނެޓެވެ. ވަޔަރލެސް ޗާޖަރުން 50 އިންސައްތައާ ހަމައަށް 7 މިނިޓުންވަނީ ޗާޖުކޮށްފައިވެއެވެ. މި ވަރުގަދަ ޗާޖަރުގެ އެހީގައި، 4000 މިލިއެމްޕިޔަރުގެ ބެޓެރި ފުލްކޮށް 100 އިންސައްތަ ޗާޖުކުރުމަށް ހޭދަވީ ބަރާބަރު 8 މިނިޓް އިރެވެ. އަދި ވަޔަރލެސް ޗާޖަރުން ޗާޖުކޮށްލުމަށް ހޭދަވީ ޖުމްލަ 15 މިނިޓެވެ. މިއީ މިހާރު މާކެޓުގައި ލިބެންހުރި އެންމެ އަވަހަށް ޗާޖުކޮށްދޭ ޗާޖަރުތަކަށްވުރެ 5 ގުނަ ހަލުއި ކަމެކެވެ.
ޝޯމީގެ މި ކާމިޔާބާއެކުގައި، ފޯނު ޗާޖުކުރުމުގެ ހަނގުރާމާގައި، އިތުރު ހަރުފަތެއް މިވަނީ ގިރާކުރެވިފައެވެ. ނަމަވެސް، މިގޮތަށް ނެރޭ ނަތީޖާތަކުގެ އަސަރު، ފޯނުތަކުންފެނި، އާއްމުންނާ ހަމައަށް ލިބޭވަރުވަނީ އަހަރުތަކެއްގެ ފަހުންނެވެ. ކޮންމެއަކަސް މިއީ ވަރަށްމުހިއްމު ބަދަލެކެވެ. ވަގުތު ނުވެގެން އުޅޭ މިޒަމާނުގައި ވަރަށް މުހިއްމު ހަތިޔާރެކެވެ. ނަމަވެސް އަދި އިންތިޒާރުކޮށްލަން އެބަޖެހެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އަޒުހަމް، މަފާޒު، ސިޔާމާ އަދި ޖުމާން އިހަވަންދޫ ދާއިރާގެ މަޤާމްތަކަށް ހޮވިއްޖެ
11 - ނޮވެމްބަރު - 2026
އިހަވަންދޫގެ ތާރީޚުގައި ވެސް އެކުލަވާލާ އެންމެ ހަރުކަށި "ކުނީގެ އުސޫލު" އާންމުކޮށް، ޚިޔާލު ހޯދަން ހުޅުވާލައިފި!
9 - ނޮވެމްބަރު - 2026
ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރުން 2.5 ލައްކަ ރުފިޔާއަށް އެރިސްޑެކާއަށް!
7 - ނޮވެމްބަރު - 2026
އިހަވަންދޫ ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
7 - ނޮވެމްބަރު - 2026
އިހަވަންދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރިތާ 9 މަސް، އަދިވެސް ކުރިއަށްދަނީ ކުރެހުމުގެ މަސައްކަތް
5 - ނޮވެމްބަރު - 2026
އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އިހަވަންދޫ އައުޓްރީޗް ސެންޓަރުގައި ކޯސްތައް ފެށޭނެކަމަށް އުންމީދުކުރަން: އެމްއެންޔޫ
4 - ނޮވެމްބަރު - 2026
ކުޑަކުދިންގެ ޕާކު ކެފޭ ހަވާލުކުރަން ހަޒް އިންވެސްޓްމަންޓްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމައިފި
2 - ނޮވެމްބަރު - 2026
ޒުވާނުން ވިޔަފާރި ފަށަން ހާއްސަކޮށްފައިވާ ފައިނޭންސިންގެ ދެ ވަނަ ފިޔަވަހި ހުޅުވާލައިފި
2 - ނޮވެމްބަރު - 2026
"އިހަވަން އޮމަލަ އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
1 - ނޮވެމްބަރު - 2026
ބޮޑު އާމްދަނީ ލިބޭ މީހުން އާސަންދަޔަށް 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ދައްކަންޖެހޭ ގޮތަށްހަދަނީ
1 - ނޮވެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް