އެޗްބީއޯ މެކްސް: އިސްތިހާރާއެކުގައި އަގުހެޔޮ ޕްލޭންއެއް
ނެޓްފުލިކްސް، އެމަޒޯން ޕްރައިމް ވީޑިއޯ، އެޕަލް ޓީވީ އަކީ ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ، ވީޑިއޯ ސްޓްރީމިން ޕްލެޓްފޯމްތަކެވެ. މިލިސްޓަށް އެތަށް ކުންފުނިތަކަކުން އަންނަނީ، އިތުރުވެ ވާދަކުރަމުންނެވެ. އިންޓަނެޓަށް ބަރޯސާވެ، ގޭގާ ތިބުން އިތުރުވެފައިވާ، މި ދަނޑިވަޅުގައި، މި ފަހަކަށްއައިސް ދިވެހިންގެ ތެރެއަށް މިލިސްޓުން އެންމެ ނަންހިނގާ އެއް ޕްލެޓްފޯމްކަމުގައި ވެފައިވަނީ ވާރނާމީޑިއާ ޑައިރެކްޓްގެ އެޗްބީއޯ މެކްސް އެވެ.
ރަސްމީކޮށް ރާއްޖެއަށް އެޗްބީއޯ މެކްސްގެ ހިދުމަތް ނުލިބުނެއްކަމަކު، ވީޕީއެންގެ ބޭނުން ހިފައިގެން އެތައް ދިވެހިންނެއް މި ޚިދުމަތް ލިބިގަންނަކަމަކީ، ހަގީގަތެކެވެ. ހުދު އެޗްބީއޯ މެކްސްގެ ރަސްމީ ވެބްސައިޓުންވެސް، މި ޚިދުމަތް ހޯދަން ބޭނުންނަމަ، ވީޕީއެންއެއް ބޭނުންކުރުމަށް ބާރުދޭކަމަށް ދޭހަވާގޮތަށް ލިޔެފައިވާތީފެންނާނެއެވެ.
ކޮންމެއަކަސް، ނެޓްފްލިސްއާ އެހެނިހެން ސްޓްރީމިންގ ޚިދުމަތްތަކެކޭ އެއްގޮތަށް މި ޚިދުމަތުގެ ބޭނުންވެސް ކުރެވެނީ، މަހުންމަހަށް ދައްކަންޖެހޭ ފީއެއް ދައްކައިގެންނެވެ. އެޗްބީއޯ މެކްސްގެ ޚިދުމަތުގެ އަގު އެހެނިހެން ބައެއް ސްޓްރީމިންގ ޚިދުމަތްތަކަށްވުރެ ބޮޑުކަން ފާހަގަކުރެވެއެވެ. އެގޮތުން މަހެއްގެ މައްޗަށް 14.99 ޑޮލަރު ދައްކަން ޖެހެވެ.
ޚިދުމަތުގެ އަގު ހެޔޮވުމަކީ، ޚިދުމަތް ބޭނުންކުރާ ފަރާޓްތަކަށް އުފާވެރިކަން ގެނެސްދޭ ކަމެކެވެ. ޚިދުމަތްދޭ ފަރާތުން އެކިގޮތްގޮތުންވެސް، ފައިދާއެއް ލިބޭނޭމަގުން، އަގުހެޔޮގޮތުގައި ޚިދުމަތްދިނުމަށްވެސް މަސައްކަތްކުރެއެވެ. އެންމެފަހުން ވާރނާމީޑިއާއިން އެޗްބީއޯ މެކްސްގެ ޚިދުމަތަށްވެސް، މިހާރަށްވުރެ އަގުހެޔޮ ޕްލޭންއެއް މިވަނީ ތަޢާރަފުކޮށްފައެވެ. 9.99 ޑޮލަރަށް ލިބޭ މި ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް 14.99 ގެ ޕްލޭންގެ ޚިދުމަތްތައް ހޯދާ ކަސްޓަމަރުންނާ ތަފާތުތަކެއް ހުންނާނެއެވެ.
ފުރަތަމަ ތަފާތަކީ، ވިޔަފާރިތަކާއި ވާރނާމީޑިއާގެ އަމިއްލަ އިސްތިހާރުތައް ޚިދުމަތުގެ ތެރެއަށް ވަދެގެން ދިއުމެވެ. ދޭތެރެމެދުން އިސްތިހާރު އައުމެވެ. ނަމަވެސް، މިކަން ހައްދެއްގެ ތެރޭގައި ބާއްވާނެކަމަށް ވާރނާމީޑިއާ ޑައިރެކްޓުން ބުނެއެވެ. ކޮންމެ ގަޑިއަކުއިރުން 4 މިނިޓަށްވުރެ އިތުރަށް އިސްތިހާރަށް ބޭނުން ނުކުރާނެކަމަށް ބުނެއެވެ. މީގެ އިތުރުން، މި ޕްލޭންއިން 4ކޭ ކޮލިޓީގައި ސްޓްރީމްނުކުރެވުމުގެ އިތުރުން، އަލަށް ޕްރިމިއަރކުރާ ބައެއް ފިލްމުތަކާއި ސީރީސްތަށް މި ޕްލޭންގެ ދަށުން ބެލެން ހުންނާނީ، އެހެން ޕްލޭންތަކަށްވުރެ ތަންކޮޅެއްފަހުންނެވެ.
އިސްތިހާރާއެކު އެޗްބީއޯގެ މި ޕްލޭން ތައާރަފުކޮށްފައިވީނަމަވެސް، އިސްތިހާރު ހިމަނާގެން ޕްލޭންތައް ތަޢާރަފުކޮށްފައިވާ، ޑިސްނީގެ ސްޓްރީމިންގ ޚިދުމަތާއި، ވިއަކޮމް ފަދަ ކުންފުނިތަކުގެ ސްޓްރީމިންގ ޚިދުމަތްތަކަށްވުރެ ގާތްގަނޑަކަށް ދެގުނަ އަގުބޮޑުކަން ފާހަގަކުރެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ހޯރަފުށީ ކައުންސިލް ކަޕް: ފުރިގޭޓަރ މުބާރާތްފެށީ ލަނޑު ގޯންޏަކުން!
14 - ސެޕްޓެމްބަރު - 2026
ޒަރޫރީ ސަބްސްކްރިޕްޝަންތަކަށްވެސް ލިމިޓެއް ކަނޑައަޅައި އީ-ކޮމާސް މުއާމަލާތްތައް އިތުރަށް ހަރުކަށިކޮށްފި!
13 - ސެޕްޓެމްބަރު - 2026
ކައުންސިލް ކަޕް ވޮލީ މުބާރާތުގައި އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫއިން 5 ޓީމެއް ބައިވެރިވެއްޖެ!
12 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ކޯލްޑް ސްޓޯރޭޖް ބަޔަކާ ހަވާލު ކުރެވިއްޖެ - މިނިސްޓަރު ޝިޔާމް
11 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ފޮޓޯ: އިހަވަންދޫ ސްކޫލްގެ އަހަރީ ޖަލްސާ 2026
8 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ މަގާމް ޢިޝާ އަދި ޝައިހާ ހޯދައިފި
6 - ސެޕްޓެމްބަރު - 2026
އިހަވަންދޫ "މަޝްރޫޢު ޓްރެކަރ" ލޯންޗް ކޮށްފި...
6 - ސެޕްޓެމްބަރު - 2026
ސޮބާހް އާރުޑީސީ އިހަވަންދޫ ސައިޓްގެ ސީނިއަރ މެނޭޖަރުގެ މަޤާމަށް!
6 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް