ވާދަވެރިން ސިއްސުވާލުމަށް ފަހު ބިއްޑެ ޔޫތަށް!
ޢަބުދުﷲ ޙަމީދު
4 - ޑިސެމްބަރު - 2020
އިހަވަންދޫ ފުޓްބޯޅައިގެ ތަރި އަދި ސެންސިޓީގެ ހުނަރުވެރި މިޑްފީލްޑަރު ހުސެން ސަމީރު (ބިއްޑެ) ކުރިއަށް އޮތް އިހަވަން ކަޕް އަށް ޔޫތާ ގުޅިއްޖެއެވެ. މިކަން ހާމަކޮށްފައި ވަނީ އެޓީމުގެ ރަސްމީ ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައެވެ. އޭނާގެ މި ނިންމުމާއެކު ގިނަ ބަޔަކު ދަނީ ޝޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.
ހުސެއިން ސަމީރު (ބިއްޑެ) ފާހަގަވެފައި ވަނީ ބުންވަރު ގަދަ ކޮށްޓުމާއި ނެއްޓުމުގެ ހުނަރު ލިބިފައިވާ މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ.
އިހަވަންދޫ ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން ޔުނައިޓެޑް ޔޫތުގެ ޗެއާރ ނައުފަލް އިބްރާހިމް ބުނީ ކުރިއަށް އޮތް އިހަވަން ކަޕްގައި ނަން މަޝްހޫރު ހުނަރުވެރި އެތައް ކުޅުންތެރިންނެއް ޔޫތުން ފެންނާނެ ކަމަށާއި ޔޫތު ނުކުންނާނީ ވަރުގަދަ ސުކޮޑަކާއިއެކު ކަމަށެވެ. އަދި، މުބާރާތް ކާމިޔާބު ކުރޭވޭނެ ކަމުގެ ފުރިހަމަ ޔަޤީން ކަން ޔޫތުގެ ސަޕޯޓަރުންނާއި ސްޕޮންސަރުންނަށް ދެއްވާ ކަމަށެވެ.
އިތުރަށް ނައުފަލް ބުނީ، ޔޫތަށް ކުޅުމަށް އެއްވެސް ކުޅުންތެރިއަކަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ޔޫތަށް ކުޅޭނީ މިނިވަންކަމާއެކު އަމިއްލަ އިހުތިޔާރުގައި ކަމަށެވެ.
އެންމެ ފަހުގެ މައިކަޕް މުބާރާތުގެ ޗެމްޕިއަން، ޔުނައިޓެޑް ޔޫތުން އިހަވަން ކަޕަށް ނުކުންނަ އިރު އެޓީމުގައި މިދިޔަ އަހަރު މޮޅު ކުޅުމެއް ދެއްކި، އެޑަމް އަާއި، ސައުދު، ރިޗަރޑޭ އަދި އާމިރުވެސް މިފަހަރުގެ މުބާރާތުގައި އެޓީމަށް ކުޅޭނެއެވެ. އަދި މިދިޔަ އަހަރު އިންޖަރީގެ ސަބަބުން ނުކުޅެވުނި ޒުވާން ޑިފެންޑަރު ޝިފާޒް އިބްރާހީމް ( ހަޒާޑް ) ވެސް އިންޖަރީއިން ރަނގަޅުވެ މިފަހަރުގެ މުބާރާތުގައި އެޓީމުން ފެންނާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ޔުނައިޓެޑް ޔޫތަށް ތާރީޚީ ކާމިޔާބީ: ފުރަތަމަ ފަހަރަށް ވޮލީ މުބާރާތެއްގެ ތަށި ހިއްލާލައިފި!
7 - ސެޕްޓެމްބަރު - 2025
ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން މާރަންދޫ ޔޫތް ސޮސައިޓީ ހޯދައިފި
1 - ޖެނުއަރީ - 2023
އިހަވަން ކަޕްގެ ފައިނަލަށް މާރަންދޫ ޔޫތް ސޮސައިޓީ އަދި ދިއްދޫ އެޗްއެން ސްޕޯރޓްސް
30 - ޑިސެމްބަރު - 2022
އެންވީކޭ، ބަނޑޭރި، އެޗްއެން އަދި ޔޫތް ސޮސައިޓީ ސެމީއަށް
27 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަކަށް އެޗްއެން ސްޕޯޓްސް
26 - ޑިސެމްބަރު - 2022
އިހަވަންކަޕްގައި އެންވީކޭ ކުޅޭނީ ރަށު ރޫހުގައި
13 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ 2 ވަނަ ރައުންޑް މިމަހު 23 ހުގައި ފަށަނީ
6 - ޑިސެމްބަރު - 2022
ކައުންސިލް ކަޕް 2022 ގެ ފައިނަލް މެޗުގައި ހިންގި ހަމަނުޖެހުމުގެ ސަބަބުން ބޮޑެތި ފިޔަވަޅުތަކެެއް އަޅަން ނިންމައިފި!
16 - ނޮވެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް