ފުލުހުންގެ "ކުޑަކުދިންގެ ހަވީރު" މިއަދު ހަވީރު އޮންނާނެ
ރައްޔިތުންނާ ގުޅިގެން ، ގާތުން ހިދުމަތް ދިނުމުގެ މަގްސަދުގައި އިހަވަންދޫގައި އެކުލަވާލާފައިއޮންނަ ނެއިބަރހުޑް ތަކުގެ މެދުގައި، އަވަށްޓެރި ފުލުހުންގެ ހަފުތާ ފާހަގަކުރުމަށް ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ކުޑަކުދިންގެ ހަވީރު މިއަދު ހަވީރު އޮންނާނެއެވެ.
މިއަދު ހަވީރު 16:15 ގައި ފެށާ ކުޑަކުދިންގެ ހަވީރު އޮންނާނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައެވެ. އެކި ސްޓޯލް ތަކާއިއެކު ކުރިޔަށްގެންދާ މިހަވީރުގައި ، ބައިވެރިވާ ކޮންމެ ކޮއްޖަކަށްވެސް ހަދިޔާއެއް ލިބޭނެއެވެ. އަދި މިހަރަކާތުގައި އޮންނަ ފެމިލީ އިވެންޓްގައި ބޮޑު ހަދިޔާއެއް ލިބުމުގެ ފުރުސަތު އޮންނާނެއެވެ.
މިމަހުގެ 18 އިން 28 އަށް ކުރިޔަށްގެންދާ އަވަށްޓެރި ފުލުހުންގެ ހަފުތާއާއި ގުޅިގެން އިހަވަންދޫގައި ފުލުހުންދަނީ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން ރައްޔިތުންނާއި ގާތުން ހިދުމަތްދިނުމަށް ގެތަކަށް ޒިޔާރަތްކޮށްފައިވާއިރު، ނެއިބަރހުޑް ކަނބަލުންގެ މެދުގައި ވޮލީ މުބާރާތެއްވެސްވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި ސްޓޭކް ހޯލްޑާސްއާއި ނެއިބަރހުޑްތަކުގެ މެދުގައި ކޮމިއުނިޓީ މީޓިންގް ކުރިޔަށް ގެންދިޔައިރު ޕްލާސްޓިކް ކޮލީނިންގެ އިވެންޓެއްވެސްވަނީ އިއްޔަ ކުރިޔަށް ގެންގޮސްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ހީނާމާގެއަށް ގެއްލުންދިން މައްސަލާގައި 4 މީހަކު ހައްޔަރުކުރި
25 - އޮކްޓޯބަރު - 2024
އިހަވަންދޫ ނެއިބަރހުޑް ޖޮއިންޓް އެޖެންސީ ގްރޫޕް އިހަވަންދޫ ކައުންސިލާ ބައްދަލުކޮށްފި
26 - ފެބްރުއަރީ - 2024
200 އަށްވުރެ ގިނަ ކުދިންނާއިކު "90 ރަން" ބާއްވައިފި
13 - މޭ - 2023
ނެއިބަރހުޑް ވޮލީބޯލް ކަޕް 2022 ފަށައިފި
12 - ސެޕްޓެމްބަރު - 2022
ހުއްދަ ނުހޯދާ އިހަވަންދޫއަށް އެރި މީހަކު ޖޫރިމަނާކޮށްފި
20 - މޭ - 2021
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި
1 - އޭޕްރީލް - 2021
މަސްތުވާތަކެތީގެ ބޮޑެއް އިހަވަންދޫން ހައްޔަރު ކޮށްފި
31 - މާރިޗު - 2021
ހޯރަފުށިން އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
10 - ޑިސެމްބަރު - 2019
އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
4 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ޕޮލިސްޓޭޝަނުގެ މަސައްކަތް އަންނަމަހު ފަށަނީ!
18 - އޭޕްރީލް - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް