200 އަށްވުރެ ގިނަ ކުދިންނާއިކު "90 ރަން" ބާއްވައިފި
ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހާއި، މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން "90 ރަން" ގެ ނަމުގައި ދުވުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.
އިހަވަންދޫ ސްކޫލްގެ ގްރޭޑް 1-7 ގެ ދަރިވަރުން ބައިވެރި ކޮށްގެން ކުރިޔަށް ގެންދިޔަ މިދުވުމުގައި 200 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވެއެވެ. އިއްޔަ ހަވީރު 16:15 ގައި އިހަވަންދޫ ޕޮލިސް ސްޓޭޝަން ދޮރުމަތިންފެށި މިދުވުމުގެ ހަރަކާތް ނިންމާލާފައިވަނީ ޤާޒީ ދަނޑުގައި ބޭއްވި ރަސްމިއްޔާތަކަށް ފަހުއެވެ. މިދުވުމުގައި ބައިވެރިވި ހުރިހާ ކުދިންނަށްވެސްވަނީ މެޑަލް އަދި ގިފްޓްޕެކެއް ދީފައެވެ.
ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހާއި، މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި ބާއްވާ އާއިލީ ހަވީރު މިއަދު ހަވީރު 16:30 ހުގައި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ކުރިމަތީގައި އޮންނާނެއެވެ. މިހަރަކާތަކީ އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އިހަވަންދޫގައި ހަރަކާތްތެރިވާ އެންޖީއޯ ތަކުގެ އިތުރުން އިހަވަންދޫގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި ވިޔަފާރިތަކުގެ އެހީގައި ކުރިޔަށްގެންދާ ހަރަކާތެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއާއިލީ ހަވީރުގައި 12 ސްޓޯލެއްގައި ކުޅިވަރު ހަރަކާތްތައް ކުރިޔަށްދާނެއެވެ. މީގެއިތުރުން ކޮންމެ ސްޓޯލެއް ސްޕޮންސާކޮށްފައިވާ ފަރާތުން ދޫކުރާ ހަދިޔާ އެކަކަށްވުރެގިނަ ފަރާތްތަކަށް ލިބިގެންދާއިރު ބޮޑު އިނާމުގެ ގޮތުގައި ގިނަ އިނާމްތަކެއް ނަސީބުވެރި ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވެއެވެ.
ހއ. އިހަވަންދޫ
އިހަވަންދޫ ޕޮލިސް
މޯލްޑިވްސް ޕޮލިސް ސަރވިސް
އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
ގުޅުން ހުރެދާނެ ލިޔުން
ހީނާމާގެއަށް ގެއްލުންދިން މައްސަލާގައި 4 މީހަކު ހައްޔަރުކުރި
25 - އޮކްޓޯބަރު - 2024
އިހަވަންދޫ ނެއިބަރހުޑް ޖޮއިންޓް އެޖެންސީ ގްރޫޕް އިހަވަންދޫ ކައުންސިލާ ބައްދަލުކޮށްފި
26 - ފެބްރުއަރީ - 2024
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަނީ
1 - ޑިސެމްބަރު - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ފުލުހުންގެ "ކުޑަކުދިންގެ ހަވީރު" މިއަދު ހަވީރު އޮންނާނެ
24 - ސެޕްޓެމްބަރު - 2022
ނެއިބަރހުޑް ވޮލީބޯލް ކަޕް 2022 ފަށައިފި
12 - ސެޕްޓެމްބަރު - 2022
ހުއްދަ ނުހޯދާ އިހަވަންދޫއަށް އެރި މީހަކު ޖޫރިމަނާކޮށްފި
20 - މޭ - 2021
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި
1 - އޭޕްރީލް - 2021
މަސްތުވާތަކެތީގެ ބޮޑެއް އިހަވަންދޫން ހައްޔަރު ކޮށްފި
31 - މާރިޗު - 2021
ހޯރަފުށިން އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
10 - ޑިސެމްބަރު - 2019
ކޮމެންޓް
އަދި ކޮމެންޓެއް ނެތް