ހީނާމާގެއަށް ގެއްލުންދިން މައްސަލާގައި 4 މީހަކު ހައްޔަރުކުރި
އިހަވަންދޫ ހީނާމާގޭގައި ހުރި ތަކެއްޗަށް ގެއްލުންދިން މައްސަލާގައި ބަޔަކު ހައްޔަރުކުރިކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައާ ގުޅޭގޮތުން މި ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅިގެން 3 ބަންގްލަދޭޝް ރައްޔިތުންނާއި 1 ދިވެހި ރައްޔިތަކު 24 ގަޑިއިރަށް ހައްޔަރުކުރި ކަމަށެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ކުރިއަށް ގެންދަމުންދާ ކަމަށްވެސް އެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުން ހައްޔަރުކުރި އެންމެންވެސް މިހާރުވަނީ ދޫކޮށްލައިފައެވެ.
ހީނާމާގެ ހުންނަނީ އިހަވަންދޫ ސްކޫލުގެ ދެކުނުން، ދަނބުރުއްމަގާއި ގުލްފާމުގެ ހިނގުމާއި ފައްތަރުވާ ސަރަޙައްދުގެ ކަންމަތީގައެވެ. އެ ގެއަކީ މިހާރު އެއްވެސް ފަރާތެއް ދާއިމީކޮށް ދިރިއުޅޭ ތަނެއް ނޫނެވެ. ގޭގެ ވެރިފަރާތް ދިރިއުޅެމުންދަނީ މާލޭގައި ކަމަށާއި، ޗުއްޓީ ދުވަސްވަރު ރަށަށް ޒިޔާރަތްކުރާއިރު އެ ގޭގައި މަޑުކުރާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ގެއަށް ގެއްލުން ދީފައިވާ ކަމަށް ލަފާކުރެވެނީ މިދިޔަ އަންގާރަ ވިލޭރެއެވެ. ގޭގައި ހުރި ފަރުނީޗަރާއި، އިލެކްޓްރޯނިކް ސާމާނު އަދި އެހެނިހެން ތަކެއްޗަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ދީފައިވާ ކަމަށް މައުލޫމާތުލިބެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ނެއިބަރހުޑް ޖޮއިންޓް އެޖެންސީ ގްރޫޕް އިހަވަންދޫ ކައުންސިލާ ބައްދަލުކޮށްފި
26 - ފެބްރުއަރީ - 2024
200 އަށްވުރެ ގިނަ ކުދިންނާއިކު "90 ރަން" ބާއްވައިފި
13 - މޭ - 2023
ފުލުހުންގެ "ކުޑަކުދިންގެ ހަވީރު" މިއަދު ހަވީރު އޮންނާނެ
24 - ސެޕްޓެމްބަރު - 2022
ނެއިބަރހުޑް ވޮލީބޯލް ކަޕް 2022 ފަށައިފި
12 - ސެޕްޓެމްބަރު - 2022
ހުއްދަ ނުހޯދާ އިހަވަންދޫއަށް އެރި މީހަކު ޖޫރިމަނާކޮށްފި
20 - މޭ - 2021
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި
1 - އޭޕްރީލް - 2021
މަސްތުވާތަކެތީގެ ބޮޑެއް އިހަވަންދޫން ހައްޔަރު ކޮށްފި
31 - މާރިޗު - 2021
ހޯރަފުށިން އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
10 - ޑިސެމްބަރު - 2019
އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
4 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ޕޮލިސްޓޭޝަނުގެ މަސައްކަތް އަންނަމަހު ފަށަނީ!
18 - އޭޕްރީލް - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް