އިހަވަންދޫ ނެއިބަރހުޑް ޖޮއިންޓް އެޖެންސީ ގްރޫޕް އިހަވަންދޫ ކައުންސިލާ ބައްދަލުކޮށްފި
އިހަވަންދޫ ނެއިބަރހުޑް ޖޮއިންޓް އެޖެންސީ ގްރޫޕް އިހަވަންދޫ ކައުންސިލް މެމްބަރުންނާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުން ބާއްވާފައިވަނީ، އިހަވަންދޫގައި އަވައްޓެރި ފުލުހުންގެ ޚިދުމަތްދިނުމުގައި އިހަވަންދޫ ނެއިބަރހުޑުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކޮންމެ މަހަކު ބޭއްވޭ ޖޮއިންޓް އެޖެންސީ ބައްދަލުވުމުގައި ނިންމޭ ކަންކަމުގެ ތެރެއިން އެދެވޭ ހައްލެއް ލިބިފައި ނުވާކަންކަމާއި ގުޅޭގޮތުން އިހަވަންދޫ ކައުންސިލްގެ މެމްބަރުންނާއި މަޝްވަރާ ކުރުމަށެވެ.
މިމަހުގެ 21 ވަނަ ދުވަހު ބޭއްވި މިބައްދަލުވުމުގައި، ޖޮއިންޓް އެޖެންސީ ބައްދަލުވުންތަކުގައި އެޖެންސީތަކުގެ ވެރިންގެ މެދުގައި މަޝްވަރާ ކުރެވި ހައްލުނުވާކަން ފާހަގަކުރެވިފައިވާ މައްސަލަތައް ކައުންސިލް މެމްބަރުންގެ ސަމާލުކަމަށް ގެނެވުނެވެ. އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާޙް، އެމައްސަލަތައް ހައްލުކުރުމަށް ކައުންސިލުން ނިންމަވާފައިވާ މުހިއްމު ނިންމުންތަކެއް ފާހަގަކުރެއްވިއެވެ. އެއީ ރަށުގެ އިރުމަތީ ފަރާތުން އެއްވެސްފަރާތަކަށް ފައިބަރ ކުރުމަށް އިތުރު ހަރުގެވަޅު ނުދިނުމާ، ރަށުގައި ސިނާއި މަސައްކަތް ކުރާ ފަރާތްތަކަށް ލޭންޑް ޔޫސް ޕްލޭންގައި ވާގޮތަށް ސިނާއީ ބިންތައް 2024 މާރިޗު މަހު ހުޅުވާލުމުގެ އިތުރުން އިހަވަންދޫ ކުނިގޮޑު ވެމްކޯ އާއެކު ވެފައިވާ އެއްބަސްވުމުގެ ތެރެއިން މިހާރު ކުނި ގޮނޑު އޮތްތައް ހުސްކޮށް ސާފުކޮށް އިހަވަންދޫ ބިންހިއްކާފައިވާ ސަރަހައްދުގައި ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތަށް މާރޗް މަހުގެ ނިޔަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ނިންމެވުމެވެ.
މި ކަންކަމާއެކު އިހަވަންދޫގައި މިހާރު އުފެދިފައިވާ ބޮޑު ދެ މައްސަލައަކަށް އަވަސް ހައްލެއް ގެނެވޭނެކަމަށް އިހަވަންދޫ ކައުންސިލް ރައީސް އަޙްމަދު ސޮބާހް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ރަށުގެ ހުރިހާ މުއައްސަސާތަކުގެ ވެރިން ބައްދަލުވެ އިތުރު ކަންކަމާ މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފައިވެއެވެ. މި ބައްދަލުވުމުގައި ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ އިންޗަރޖް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝަފާޙް، އިހަވަންދޫ ކައުންސިލް ރައީސް އަޙްމަދު ސޮބާހް، ނައިބް ރައީސް މުޙައްމަދު އަރީބް، ހުރިހާ މުއައްސަސާތަކުގެ ވެރިން އަދި ކައުންސިލް މެމްބަރުން ބައިވެރިވެފައިވެއެވެ. މިބައްދަލުވުން ނިންމާލަމުން އިހަވަންދޫ ޕޮލިސް ސްޓޭޝަން އިންޗަރޖް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝަފާޙް ފާހަގަކުރެއްވި ގޮތުގައި މި ބައްދަލުވުމަކީ މިފަދަ ގޮތަކަށް އަވައްޓެރިފުލުހުންގެ ފަލްސަފާގެ ދަށުން ނެއިބަރހުޑްގައި އުފެދިފައިވާ ޖޮއިންޓް އެޖެންސީ ގްރޫޕަކުން އެ ނެބައިހުޑެއްގައި ހުރި ކަންކަން ހައްލުކުރުމަށް މި ގޮތަށް ކައުންސިލަކާއި ބައްދަލުކުރި ފުރަތަމަ ބައްދަލުވުންކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން އިހަވަންދޫގެ ކަންކަން ހައްލުކުރުމަށާއި ފުލުހުންގެ މަސައްކަތް ހަރުދަނާކުރުމަށް އެޖެންސީތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އިހަވަންދޫ ޕޮލިސް ސްޓޭޝަން އިންޗަރޖް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝަފާޙް އެޖެންސީތަކުގެ ވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުފަހަރު (B) ޒޯނަށް ބަދަލުކުރުމަށް 6 މަސް
25 - ޑިސެމްބަރު - 2024
ހީނާމާގެއަށް ގެއްލުންދިން މައްސަލާގައި 4 މީހަކު ހައްޔަރުކުރި
25 - އޮކްޓޯބަރު - 2024
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަނީ
1 - ޑިސެމްބަރު - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
200 އަށްވުރެ ގިނަ ކުދިންނާއިކު "90 ރަން" ބާއްވައިފި
13 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ޗެމްޕިއަންކަން ހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް ޕޮލިސް
16 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް