ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލަށް ޢާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި

.

ހއ.އިހަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލަށް ޢާންމުންގެ ހިޔާލު ހޯދުމަށް އިހަވަންދޫ ކައުންސިލުން ހުޅުވާލައިފިއެވެ. އެއުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް އިހަވަންދޫ ކައުންސިލުން ހުޅުވާލާފައިވަނީ އިއްޔައެވެ. އޮންލައިން ފޯމެއް ފުރައިގެން ހިޔާލު ހުށަހެޅޭއިރު، ހިޔާލު ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.

އިހަވަންދޫއިން 150 ބަންޑާރަ ގޯތި ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފަވަނީ، ޑިސެމްބަރ މަހުގެ 26 ގައި ބޭއްވި އިހަވަންދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ، 178 ވަނަ އާއްމު ބައްދަލުވުމުގައެވެ.

އެންމެފަހުން އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެފަހުރު ދޫކޮށްފައިވަނީ 200 ގެވަޅެވެ. އެފަހަރު ބަންޑާރަ ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވީ 455 މީހުންނެވެ. އެފަހަރު ދޫކުރި 200 ގޯތި ދޫކުރިތާ 4 އަހަރު ވެފައިވާއިރު، އަދި މިހާތަނަށް  މީހުން ދިރިއެޅެން ފަށާފައިވަނީ އެންމެ ދެތިން ގެއެއްގައެވެ. ނަމަވެސް މިހާރު  ގިނަ ގެތައްދަނީ އިމާރާތް ކުރަމުންނެވެ. ގެތަކުގެ މަސައްކަތްނިމި އެސަރަހައްދުގައި މީހުން އާބާދުވާން ތައްޔާރުވެފައިވާއިރު، އަދި އެސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދުމަތް އެކަށީގެންވާ ގޮތަކަށް ނުލިބެއެވެ.

ހއ.އިހަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު
ހިޔާލު ހުށައަޅާ ފޯމް