އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2025، މަރުގެ މެޗްތައް މިރޭ!

ލުޤުމާން އަޙްމަދު

އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2025، ގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް މިރޭ ކުޅޭނެއެވެ.

އިހަވަންދޫ ހިންނަ ފުޓަސަލް ދަނޑުގައި ކުރިޔަށްދާ މިމުބާރާތުގެ މިރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އާމިނާދިޔޯ ސިއްޙީމަރުކަޒާއި އިހަވަންދޫ ސްކޫލްއެވެ. މިދެޓީމް ހިމެނޭ ގްރޫޕުން ސެމީ ފައިނަލް ކަށަވަރުވެފައިވަނީ ފެނަ ޓީމަށެވެ. ސްކޫލް ޓީމަށް މިމުބާރާތުގެ ސެމީފައިނަލުން ޖާގައެއް ކަށަވަރުވަނީ މިރޭގެ މެޗުން އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ޓީމް ބަލިކޮށްގެންނެވެ. އެނޫން ކޮންމެ ނަތީޖާއެއް ނުކުތަސް ސެމީ ފައިނަލަށް ދަތުރުކުރާނީ އާމިނާދިޔޯ ސިއްޙީމަރުކަޒެވެ.

މިރޭގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި އިހަވަންދޫ ކައުންސިލް އިދާރާއެވެ. މި ދެ ޓީމް ހިމެނޭ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި އާރުޑީސީގެ ޓީމްވަނީ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. ސެމީފައިނަލުން ޖާގައެއްހޯދަން މިރޭގެ މެޗުން އިހަވަންދޫ ކައުންސިލުން މޮޅުވަން މަޖުބޫރު ވެފައިވާއިރު، ޕޮލިސް ޓީމުން މިރޭގެ މެޗުން އެއްވަރު ކޮށްލައިގެން ނުވަތަ މޮޅުވެގެން ސެމީފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
މިމުބާރާތުގައި 7 ޓީމެއް ވާދަކުރެއެވެ. އެއީ އިހަވަންދޫ ސްކޫލްގެ ރެކްރިއޭޝަން ކްލަބް، ބީ.ބީ.ސީ.އެފް.އެމް ލިންކޭޖް، ފެނަކަ އިހަވަންދޫ ބްރާންޗް، އާމިނާދިޔޯ ސިއްޙީމަރުކަޒު، އިހަވަންދޫ ކައުންސިލް، ކްލަބް އައި.ޕީ.އެސް އަދި އާރު.އާރު.ސީ އިހަވަންދޫއެވެ. މިއީ ހިންނަ ފުޓްސަލް ދަނޑުގައި ކުޅެވޭ ފުތަމަ މުބާރާތްކަން ފާހަގަކުރެވެއެވެ. މިއީ މިމުބާރާތް ބާއްވާ 7 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިހަވަންދޫ ފުލުހުންގެ ޓީމެވެ. އެޓީމް 4 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާއިރު، ފެނަކަ އިހަވަންދޫ ބުރާންޗުންވަނީ 2 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައެވެ.