“ތިލައުތުރު އެވޯޑް 2025” އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ހުޅުވައިލައިފިއެވެ. މައިގަނޑު 6 ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވާ މި އެވޯޑަށް ކުރިމަތިލެވޭނީ ހއ. އަތޮޅަށް ނިސްބަތްވާ ފަރާތްތަކަށެވެ.
މި އެވޯޑަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އަންނަ ޖޫން މަހުގެ 30 ވާ ހޯމަދުވަހުގެ 14:00 އާއި ހަމަޔަށް ނަން ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވައިލާފައެވެ. މިއަހަރުގެ ތިލައުތުރު އެވޯޑް ދިނުމަށް ހާއްސަ ކޮށްފައިވާ ދާއިރާތަކަކީ:
ތިލައުތުރު އެވޯޑްދެނީ ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދްމަތްތަކެއް ހއ. އަތޮޅަށް ކޮށްދީފައިވާ ފަރާތްތަކާއި، އަދި އެނޫނަސް ތަފާތު އެކިއެކި ދާއިރާތަކުން ޚިދްމަތްތައް އަތޮޅަށް ކޮށްދީފައިވާ ފަރާތްތަކާއި، ހއ.އަތޮޅު ސްކޫލު މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައވާ ދަރިވަރުންނާއި، އަތޮޅަށް އެންމެ ޚިދްމަތްތެރި ރިޒޯޓަކާއި، އަތޮޅަށް އެންމެ ޚިދްމަތްތެރި ސިނާޢީ މަސައްކަތްކުރާ ފަރާތަކާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލަކާއި، އެންމެ ޙަރަކާތްތެރި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަކާއި ކުލަބު ޖަމްޢިއްޔާއެއް ފާހަގަކޮށް އެފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުންނެވެ.