އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް ހއ.އިހަވަންދޫގައި ޚަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން އެކުލަވާލަމުންދާ އުސޫލަށް އާމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ. މިއުސޫލުގެ މައިގަނޑު މަގުސަދަކީ، މަދަނީ ޖަމިއްޔާތަކުން މުޖުތަމައުއައް ފައިދާ ކުރާގޮތަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް ކައުންސިލުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އިހަވަންދޫ ކައުންސިލުން އާމުކޮށްފައިވާ، އެ އުސޫލުގެ ޑްރާފްޓްގައި ވާގޮތުން ޖަމިއްޔާތަކަށް ތިން ގޮތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އެއީ ޖެނެރަލް ޕްރޮޖެކްޓްތަކަށް ދެވޭ އެހީއާއި، ސްމޯލް ގްރާންޓްގެ އިތުރުން ސްޕެޝަލް ގްރާންޓެވެ. މިއުސޫލަށް ހިޔާލު ދެވޭނެ އެންމެ ފަހު ގަޑިއަކީ އަންނަ ހޯމަ ދުވަހުގެ 12:00 އެވެ.
މިހާރުވެސް އިހަވަންދޫ ކައުންސިލުން އަންނަނީ މަދަނީ ޖަމިއްޔާތަކަށް އެކިއެކި ކަންކަމުގައި އެހީތެރިކަން ދެމުންނެވެ. ނަމަވެސް އެގޮތަށް އެހީތެރިކަން ދިނުމަށް އުސޫލެއް އެކުލަވައިލާ މިއީ ފުރަތަމަ ފަހަރެވެ.