އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަކުރަމް

ހއ އިހަވަންދޫއިން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު އިއުލާން ކޮށްފައިވާގޮތުގައި އެފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 15  ވާ އާދިއްތަ ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ 15 ވާ އަންގާރަ ދުވަހުގެ 13:00 އާއި  ހަމަޔަށެވެ.

އިހަވަންދޫ ކައުންސިލުން އިއުލާން ކޮށްފައިވާ ގޮތުގައި މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ  1600 އަކަ ފޫޓްގެ 150 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ އިހަވަންދޫގެ ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް، ކުޅިމަގުގެ އުތުރުން ރަށުގެ ހިއްކިބިމުން ކަނޑައަޅާފައިވާ ސަރަހައްދެވެ.

އެހެންފަހަރުތަކާއި ހިލާފަށް މިފަހަރު ގޯއްޗަށް އެދި ފޯމް ހުށަހެޅޭ ގޮތްވަނީ ހަރުކަށި ކޮށްފައެވެ. އެގޮތުން ފޯމް ހުށަހެޅޭނީ ގޯއްޗަށް އެދޭ މީހާ ނުވަތަ، އޭނާގެ ފޯމް ހުށަހެޅުމަށް ޕަބްލިކް ނޯޓަރީއެއް ނޯޓަރައިޒްކޮށް ލިޔުމުން ބާރުދީފައިވާ ފަރާތަކަށެވެ.

އެންމެފަހުން އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެފަހުރު ދޫކޮށްފައިވަނީ 200 ގެވަޅެވެ. އެފަހަރު ބަންޑާރަ ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވީ 455 މީހުންނެވެ. އެފަހަރު ދޫކުރި 200 ގޯތި ދޫކުރިތާ 5 އަހަރު ވެފައިވާއިރު، އަދި މިހާތަނަށް  މީހުން ދިރިއެޅެން ފަށާފައިވަނީ އެންމެ ދެތިން ގެއެއްގައެވެ. ނަމަވެސް މިހާރު  ގިނަ ގެތައްދަނީ އިމާރާތް ކުރަމުންނެވެ. ގެތަކުގެ މަސައްކަތްނިމި އެސަރަހައްދުގައި މީހުން އާބާދުވާން ތައްޔާރުވެފައިވާއިރު، އަދި އެސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދުމަތް އެކަށީގެންވާ ގޮތަކަށް ނުލިބެއެވެ.

ހއ.އިހަވަންދޫ އިން ބަންޑާރަ ގޯތި ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިއުލާން.

ޚިޔާލު ފައުޅުކުރުން

ގޯތިދޭނެ ތަނެއް ނޭނގެންޏާ ކަނޑުން ގޯތިދިނިއްޏާ މާ ތާހިރުވާނެ
ގޯތިދޭނެ ތަނެއް ނޭނގެންޏާ ކަނޑުން ގޯތި ދިނިއްޏާ މާ ތާހިރުވާނެ