ގާ އެޅުންފަދަ އިންޑަސްޓްރިއަލް މަސައްކަތްތައް ފުއްޓަރު ފަރާތަށް ބަދަލުކުރަނީ!

މުޙައްމަދު އަކުރަމް

ގާ އެޅުންފަދަ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިހަވަންދޫގެ ހުޅަނޑު ދެކުނު ފަރާތުން ބިންދޫކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އެގޮތަށް ނިންމާފައިވަނީ އިހަވަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 191 އާއްމު ބައްދަލުވުމުގައެވެ.

އިހަވަންދޫ ކައުންސިލްގެ ނިންމުމުގައިވަނީ، އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް އިހަވަންދޫގެ ހުޅަނގު ދެކުނު ކޮޅުން،  ކައްޕީނި މަގާއި ނާރެސްމަގާއި ގުޅުނު ކަންމަތިން 4000 އަކަފޫޓްގެ 4 ބިން 20 އަހަރަށް ކުއްޔަށް ދޫކުރުމަށެވެ. އަދި އަކަފޫޓެއް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ އެއް ރުފިޔާކަމަށްވެސް ކައުންސިލުން ކަނޑައަޅާފައިވެއެވެ.

މިކަމާއި ގުޅިގެން މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ، މިބިންތައް ދޫކުރުމަށްފަހު ރަށުގެ އެއްވެސްތާކު އެފަދަ މަސައްކަތްކުރުން މަނާކުރާނެ ކަމުގައެވެ. ގާ އެޅުންފަދަ އާމުންނަށް އުނދަގުވާފަދަ އިންޑަސްޓްރިއަލް ބައެއް މަސައްކަތްތައް ރަށުތެރޭގައި ކުރަމުންދާތީ އެކަމުގެ ޝަކުވާ ގިނަބަޔަކު ކުރެއެވެ. ވުމާއިއެކު މިނިންމުމަށް އަމަލީ ސިފަ ގެނެވިއްޖެނަމަ އެޝަކުވާތަކަށް ނިމުމެއް އަންނާނެއެވެ.