މުހައްމާ އަމިއްލަ ގޮތުން ވާދަކުރައްވަނީ!
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިހަވަންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ނިންމަވައިފިއެވެ․ މުހައްމާވަނީ އެބޭފުޅާ އަމިއްލަގޮތުން ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މިނޫހަށް ކަށަވަރު ކޮށްދެއްވާފައެވެ․
ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕުރައިމަރީގެ މުހައްމާޔަށް ނާކާމިޔާބީއާއި ކުރިމަތި ވެލެއްވުމުން، ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނާތީ އިންތިހާބަށް ނުކުތުމުގެ ދޮރު މުހައްމާޔަށް ބަންދުވެގެންދިޔައެވެ․ ނަމަވެސް ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން އިއްޔަ ކަނޑައެޅުމާއިއެކު، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މަހައްމާޔަށްވަނީ ލިބިގެންގޮސްފައެވެ․
މުހައްމާ ވިދާޅުވީ، އިންތިހާބުގައި ވާދަކުރުމާއިމެދު ދާއިރާގެ އެކި އެކި ފަރުދުންނާއި މަޝްވަރާ ކުރެވިއްޖެކަމަށާއި، އިންތިހާބީ ރޭހަށް އެބޭފުޅާ ނިކުތުމަކީ ގިނަބަޔަކު އެދިއެދިތިބި ކަމެއް ކަމުގައެވެ․ އެބޭފުޅާގެ މެމްބަރު ކަމުގެ ދައުރުގައި އިހަވަންދޫއަށް ލިބިގެންދިޔަ ތަރައްޤީ އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމީ އެބޭފުޅާ މިއިންތިހާބުގައި ވާދަކުރުމުގެ މަޤްސަދުކަމަށް ވިދާޅުވިއެވެ․
ޕްރައިމަރީން ބަލިވި މީހުންގެ ތެރެއިން، މި ފަހަރުގެ އާންމު އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު ފަހު 4:00 އާ ހަމަށް ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އެ އަމުރާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއިން ބަލިވި ކެންޑިޑޭޓުން މަޖިލިސް އިންތިހާބުގައި ވާދަކުރަން ހުށަހަޅައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.
ގުޅުން ހުރެދާނެ ލިޔުން
މުހައްމާ އަމިއްލަ ގޮތުން ވާދަ ކުރައްވަން ފޯމު ހުށަހަޅުއްވައިފި
4 - މާރިޗު - 2019
އަމިއްލަގޮތުން އިންތިހާބުވެފައި، ޕާޓީއަކާ ގުޅުމަކީ އަމިއްލަ ނަފްސު ގަބޫލުކުރާ ކަމެއްނޫން – އައިޝާ
15 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ޕީއެންސީ ކެނޑިޑޭޓް ނުޒުހަތުގެ ތާއީދު، އަމިއްލަގޮތުން ވާދަކުރާ ޓީމަށް!
23 - މާރިޗު - 2026
އަމިއްލަގޮތުން ވާދަކުރާ އަމްޖަދު، ޕީއެންސީ ކެމްޕޭނުގައި!
18 - މާރިޗު - 2026
އިހަވަންދޫ ކައުންސިލްގެ ރައީސް، ސޮބާހް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅައިފި
19 - ޖެނުއަރީ - 2026
ސޮބާހް އާއިއެކު އަމިއްލަގޮތުން ކައުންސިލަށް ވާދަކުރާ ޓީމްގެ މެނިފެސްޓޯއަށް ހިޔާލު ހޯދަން ފަށައިފި
16 - ޖެނުއަރީ - 2026
ސިފާހް (ބޮންއަޅާ) އަމިއްލަގޮތުން ކުރިމަތިލަނީ!
16 - ޖެނުއަރީ - 2026
އަމްޖަދު އަމިއްލަގޮތުން ކުރިމަތިލަނީ!
14 - ޖެނުއަރީ - 2026
ސޮބާހް އާއިއެކު އަމިއްލަގޮތުން ކައުންސިލަށް ވާދަކުރާ ޓީމް އިއުލާންކޮށްފި
12 - ޖެނުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް