ސިފާހް (ބޮންއަޅާ) އަމިއްލަގޮތުން ކުރިމަތިލަނީ!
ހއ އިހަވަންދޫ ހަނދުވަރީމަންޒިލް، އާދަމް ސިފާހް (ބޮންއަޅާ) ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާނެކަން އިއުލާންކޮށްފިއެވެ. ސިފާހް ކުރިމަތިލަނީ އަމިއްލަ ގޮތުންނެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އާރުޑީސީ) ގައި ވަޒީފާ އަދާކުރަމުންދާ، ސިފާހް މިއީ އިންތިހާބީ މަޤާމަކަށް ކުރިމަތިލާ ފުރަތަމަ ފަހަރެވެ. އިހަވަންދޫ ކައުންސިލްގެ 5 ގޮނޑިއަށް، 16 އަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާނެކަން މިހާރުވަނީ އިއުލާން ކޮށްފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށްވެސް މަދުވެގެން 15 ވަރަކަށް ކެނޑިޑޭޓުން ކުރިމަތިލާނެކަމަށް ބެލެވޭއިރު، މިއީ އިހަވަންދޫގައި ބޭއްވޭ އިންތިހާބެއްގައި އެންމެ ގިނަ ބަޔަކު ވާދަކުރާ ފަހަރަށް ވެގެންދާނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް މަހު 4 ވަނަ ދުވަހުއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!
17 - މޭ - 2026
އަމިއްލަގޮތުން އިންތިހާބުވެފައި، ޕާޓީއަކާ ގުޅުމަކީ އަމިއްލަ ނަފްސު ގަބޫލުކުރާ ކަމެއްނޫން – އައިޝާ
15 - މޭ - 2026
ސަރުކާރާ ގުޅިގެން ކުރިއަށްދާން މިތިބީ ތައްޔާރަށް: އިންތިޚާބީ ރައީސް ފަވާޒް
18 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
ދެ ސަރުކާރުގެ އެއްބާރުލުންވެސް ކައުންސިލަށް ފުރިހަމަޔަށް ނުލިބޭ – ކައުންސިލަރު ޒާހިރު
11 - މާރިޗު - 2026
ޕްރައިމަރީ ނުބާއްވާ ނިންމި ނިންމުން ބަލައެއް ނުގަންނަން – ސޮބާހް
23 - ޑިސެމްބަރު - 2025
ޕީއެންސީ ޕްރައިމަރީގައި ވާދަކުރާ ބައެއް ފަރާތްތަކުގެ ނަންނަގަން އެދެނީ!
17 - ޑިސެމްބަރު - 2025
އަންނަ ދައުރުން ފެށިގެން އިހަވަންދޫގައި 7 ކައުންސިލަރުން
11 - ޖެނުއަރީ - 2020
އިހަވަންދޫ ރަށުކައުންސިލްގެ ނަތީޖާއިން ބުނެދޭ ބައެއް ވާހަކަ!
16 - މޭ - 2017
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް