އަމްޖަދު އަމިއްލަގޮތުން ކުރިމަތިލަނީ!
ހއ އިހަވަންދޫ އެސްމާގޭ، މޫސާ އަމްޖަދު ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލް މެމްބަރުކަމަށް އަމިއްލަގޮތުން ވާދަކުރަން މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި އަމްޖަދު މިހާރު ދަނީ އަމިއްލަގޮތުން ކުރިމަތި ލުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމަށް ފުރިހަމަކުރަންޖެހޭ އިޖްރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަމްޖަދު މިހާރުދަނީ އިންތިޚާބީ ދާއިރާގެ ވޯޓު ދިނުމުގެ ޙައްޤު ލިބފައިވާ 50 މީހުންގެ ސޮއެ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އަމްޖަދުވަނީ ޕުރޮގުރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމެޓީގެ އިންތިހާބުގައި 2020 ވަނަ އަހަރު ވާދަކޮށް އިންތިހާބުވެފައެވެ. ދުވަސްކޮޅެއް ވަންދެން އެކޮމިޓީގެ ރައީސްގެ މަޤާމްވެސް އަމްޖަދު ފުރިއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްފަހުންވަނީ އެމަޤާމުން އިސްތިއުފާ ދީފައެވެ.
އިހަވަންދޫ ކައުންސިލްގެ 5 ގޮނޑިއަށް، 16 އަށްވުރެ ގިނަ މީހުން ކުރިމަތިލާނެކަން މިހާރުވަނީ އިއުލާން ކޮށްފައެވެ. އަދި އަންހެނުން ކޮމިޓީއަށްވެސް މަދުވެގެން 10 މީހަކު ކުރިމަތިލާނެކަމަށް ބެލެވޭއިރު، މިއީ އިހަވަންދޫގައި ބޭއްވޭ އިންތިހާބެއްގައި އެންމެ ގިނަ ބަޔަކު ވާދަކުރާ ފަހަރަށް ވެގެންދާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
އަމިއްލަގޮތުން ވާދަކުރާ އަމްޖަދު، ޕީއެންސީ ކެމްޕޭނުގައި!
18 - މާރިޗު - 2026
ސަރުކާރަކާ އިދިކޮޅު ކައުންސިލެއް ނެގީމަ އިހަވަންދޫއަށް ވެފައޮތްގޮތް އިހަވަންދޫ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެ – އެމްޕީ ނަސީރު
10 - މާރިޗު - 2026
ޕީއެންސީގެ ޓިކެޓް ލިބިފައި ވަނިކޮށް، ރިފްދާ ނަން އަނބުރާ ގެނެސްފި!
11 - ޖެނުއަރީ - 2026
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
ވޯޓުގުނާ މަރުކަޒުގައި އިޢުލާނުކުރި ނަތީޖާ، ކޮމިޝަނުން އާއްމު ކުރި ނަތީޖާއާ ދިމާ ނުވާ މައްސަލައެއް
13 - އޭޕްރީލް - 2021
ކައުންސިލް އިންތިހާބު: އިހަވަންދޫގެ 2 ނަންބަރު ވޯޓު ފޮށީގެ އަންހެނުންތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފޮށިތެރޭގައި 2 ގަލަން
10 - އޭޕްރީލް - 2021
ލޯކަލް ކައުންސިލް އިންތިހާބް 2021: އިހަވަންދޫގެ 3 ފޮށީގެ ނަތީޖާ އިޢުލާނު ކޮށްފި
10 - އޭޕްރީލް - 2021
އިހަވަންދޫގެ 80 އިންސައްތަ މީހުން ވޯޓުލައިފި
10 - އޭޕްރީލް - 2021
އިހަވަންދިއްޕޮޅުން ވޯޓު ދިނުމުގެ ހައްޤު ލިބިފައިވަނީ 6072 މީހުންނަށް
10 - ފެބްރުއަރީ - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް