އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ފިރާގު، ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅުމަށް ނިންމައިފިއެވެ.
ފިރާގު މިކަން ހާމަކުރެއްވީ މިއަދު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް ދެއްވި މެސެޖެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ނިންމުމަކީ އޭނާގެ ކެންޕެއިން ޓީމާއި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ އިއްތިފާގުން ނިންމި ނިންމުމެކެވެ. "އަޅުގަނޑަށް އިންތިހާބު ކާމިޔާބު ކޮށްދިނުމުގައި ހަރަކާތްތެރިވި މުޅި ކެންޕެއިން ޓީމުގެ އިއްތިފާގުންނާއި އަމަލީ ގޮތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި ގިނަ ސަޕޯޓަރުންގެ އެދުމުގެ މަތިން، މިނިވަން މެންބަރެއްގެ ގޮތުގައި އަޅުގަނޑު ކައުންސިލަށް އިންތިހާބުވެފައި ވީނަމަވެސް، މުޅި އިންތިހާބުގެ ނަތީޖާއިން އިދިކޮޅު އެމްޑީޕީއަށް މެޖޯރިޓީލިބިފައިވާ ހިނދު، އަމިއްލަ ހައިސިއްޔަތުން ކުރިއަށް ދިއުމަށްވުރެ، މުޅި ރަށުގެ ތަރައްޤީ ހަލުވި ކުރުމަށް އަޅުގަނޑުގެ ފަރާތުން މަސައްކަތްތަކެއް ކޮށްދެވެން އޮތީ ސަރުކާރާއި ގުޅިގެން ކަމަށް ފެންނާތީ އަޅުގަނޑު ޕީއެންސީއާއި ގުޅިގެން ކުރިއަށް ދިއުމަށް ނިންމާފީމެވެ." ފީރާގު ބުނެފައިވެއެވެ.
ފިރާގު އިންތިހާބުކުރީ 743 ވޯޓާއިއެކު ކައުންސިލް މެމްބަރު ކަމުގެ ގޮނޑިއަށް ވާދަކުރި 8 ކެނޑި ޑޭޓުންގެ ތެރެއިން 2 ވަނަ ހޯދައިގެންނެވެ. ފިރާގު އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރީ ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުން އޭނާ ޝަރުތު ހަމަނުވާކަމަށް އެޕާޓީއިން ނިންމުމުންކަން ފާހަގަކުރެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ރައީސް މުއިއްޒު ޕީއެންސީ ކެނޑިޑޭޓުންނާއި ދެކޮޅަށް ފަންޑުކުރެއްވިކަމުގެ ތުހުމަތު އަމާޒުވެއްޖެ!
7 - އޭޕްރީލް - 2026
ދެބުޅާ ކޯޅެންތިއްބާ އިހަވަންދޫއިން މެޖޯރިޓީ ހޯދީ އެމްޑީޕީ! ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު!
5 - އޭޕްރީލް - 2026
ޕީއެންސީ ރެލީގައި ބައިވެރިވުމަށް އިހަވަންދޫ ފެނަކަ ރަސްމީ ސްޓާފް ގުރޫޕްގައި ދައުވަތު ދީފި
3 - އޭޕްރީލް - 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫގެ މެޖޯރިޓީ ހޯދާނެ ޓީމެއް ބެލުމަށް ޕޯލެއް ހުޅުވާލައިފި!
1 - އޭޕްރީލް - 2026
ޕީއެންސީ ކެނޑިޑޭޓުންގެ ޕޯސްޓަރަށް ކަޅުތެޔޮ ޖަހައި ގެއްލުންދީފި
1 - އޭޕްރީލް - 2026
ހުސް ގޮނޑި ބަހައްޓައިގެން ޕީއެންސީއިން ޖަލްސާއެއް ބާއްވައިފި!
28 - މާރިޗު - 2026
އަޅުގަނޑު އެހެން ކެނޑިޑޭޓަކަށް ތާއީދުކުރާ ކަމަށްބުނެ ދައްކާވާހަކައަކީ ދޮގެއް – ރައްޒާން
28 - މާރިޗު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް