- ރައީސްކަމަށް؛ އަހްމަދު ސޮބާހް
- މެމްބަރުކަމަށް: މުހައްމަދު ފިރާޤު
- މެމްބަރުކަމަށް: މުހައްމަދު ވިޝާހު
- އަންހެން މެމްބަރުކަމަށް: ފާތިމަތު ސަޖުނާ
- އަންހެން މެމްބަރުކަމަށް: އައިޝަތު ސަމާހަތު
ސޮބާހް އާއިއެކު އަމިއްލަގޮތުން ކައުންސިލަށް ވާދަކުރާ ޓީމް އިއުލާންކޮށްފި
ކުރިޔަށްއޮތް ލޯކަލް ކައުންސިލްގެ އިންތިހާބަށް އަމިއްލަގޮތުން ކުރިމަތިމަތި ލައްވާނެކަމަށް، އިއުލާން ކޮށްފައިވާ އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް އާއިއެކު ކައުންސިލަށް ވާދަކުރާ ޓީމް އިއުލާންކޮށް ފިއެވެ.
ކުރިޔަށްއޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވާދަކުރުމަށް، ޕީއެންސީ ޓިކެޓް ހޯދުމަށް ޕީއެންސީ ޕްރައިމެރީގައި ވާދަކުރުމަށް ހުށަހެޅުމުން، ސޮބާހްގެ ޝަރުތު ހަމަނުވާކަމަށް އެޕާޓީއިން ނިންމިއެވެ. ވަކި ކެނޑިޑޭޓުންތަކެއް ޝަރުތުހަމަވާކަމަށް ނިންމައި، ވަކި ކެނޑިޑޭޓުންތަކަކަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދިނުމުން އުފެދުނު މައްސަލަތައް ހައްލުކުރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން ސޮބާހްވަނީ އިހަވަންދޫ ޕީއެންސީ ސްޓިއަރިންގ ކޮމިޓީއިން އިސްތިއުފާ ދެއްވައި ޓީމަކާއިއެކު އަމިއްލަ ގޮތުން ކައުންސިލް އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.
އިހަވަންދޫ ޕީއެންސީ ސްޓިއަރިންގ ކޮމިޓީއިން ސޮބާހް އިސްތިއުފާ ދެއްވައި ވިދާޅުވީ އިސްތިއުފާދެއްވި މައިގަނޑު ސަބަބަކީ، ކައުންސިލް އިންތިހާބަށް ޕީއެންސީ ޕްރައިމަރީއަށް ހުޅުވާލައި ޕްރައިމެރީ ނުބޭއްވުމާއި، ޕްރައިމަރީގެ ކަންކަމާއި ގުޅިގެން މަޝްވަރާ ކުރުމަށް ސްޓިއަރިން ކޮމިޓީގެ ވަރަށްގިނަ މެމްބަރުން އެދެމުން ދިޔަ ނަމަވެސް އެކަން ވެގެން ނުދިއުން ކަމަށެވެ. ސްޓިއަރިންގ ކޮމިޓީގައި އެކަމަށް މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ސްޓިއަރިން ކޮމިޓީގެ މެމްބަރުންނާއި، ޕާޓީގެ އާންމު މެމްބަރުން އެދެމުން ދިޔަނަމަވެސް އެކަމަށް ސްޓިއަރިންގ ކޮމިޓީގެ ރައީސް އިޖާބަ ނުދެއްވާކަމަށް ސޮބާހް ވިދާޅުވިއެވެ.
ސޮބާހް އާއިއެކު އަމިއްލަ ގޮތުން ކައުންސިލަށް ވާދަކުރާނެކަން އިއުލާންކޮށްފައިވާ ފަރާތްތަކަކީ:



