"މިރަށް މިއޮތީ އަލުން އިސްލާން ވެފަ" ޔާމީން
އިހަވަންދޫ މިއޮތީ އަލުން އިސްލާން ވެފައިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ހއ. އަތޮޅަށް އެ މަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގައި އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިރަށް މިއޮތީ އަލުން އިސްލާހް އިސްލާން ވެފަކަމުގައެވެ. "އެމްޑީޕީގަ ވަކާލާތުކުރި ކަންކަމާއި އެމީހުންގެ ބަހާއި އަމަލާ ސީދާނުވާ މިންވަރު ތިޔަބޭފުޅުން އަމިއްލަފުޅަށް ޤަބޫލުކުރައްވައި ތިޔަބޭފުޅުން އެމީހުންނާއި ފެޔަށް ވަޑައިގަތީ" ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ، ހަމްދާއި ޝުކުރު ހުރީ މާތް ﷲ އަށް ކަމުގައެވެ. އެއީ މިކަމުގައި އަޅުގަނޑުމެންނަށް ތެދުމަގު ދެއްކެވީތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މިއީ އަޅުގަނޑު މިތަނަށް އައިސްގެން ދެއްކި ވާހަކަޔަކުންނޫން ތިޔަބޭފުޅުން، ތިޔަބޭފުޅުން ކުރީގައި ތިއްބެވިގޮތް ދޫކޮށްލެއްވީ" ޔާމީން ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ކުރީގެ އެމްޑީޕީގެ މެމްބަރުންކަމަށްވާ އަބުދުލް ވާހިދު އަބްދުﷲ، އިބްރާހިމް ރަޝީދު އަދި އިބްރާހިމް މޫސާ ވަނީ ޕީޕީއެމްއަށް ސޮއެކޮށް މެމްބަރޝިޕް ފޯމް ޔާމީން އާއި ހަވާލުކޮށްފައެވެ. ޔާމީންގެ ވާހަކަފުޅުގައި އެއިޝާރާތްކުރެއްވީ މިކަމަށްކަމަށް ބެލެވެއެވެ.
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ އަދާލަތު ޕާޓީއާއި އެޕާޓީގެ އިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. "ފަގުޑި އަޅައިގެން ވެސް މިފަހަރު އަންނާނެ ޝޭހުން. އެމީހުން އާޔަތާއި ހަދީޘް ކިޔާނެ. އެކަމަކު އާޔަތާއި ހަދީޘް ކިޔާނީ އެމީހުން ބޭނުން މާނައެއް ނެރެން. އެމީހުން ބޭނުންވާ ވެއްޓަކަށް، އެމީހުން ބޭނުންވާ ހާލަތަކަށް ފައްތަން ކިޔާ ތަންތަން ކިޔާނީ. އެ ދައްކާއިރު ނުދައްކާނެ ވާހަކައެއް ވެސް ނޯންނާނެ" އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުން ގާތުގައި އެފަދަ ވާހަކަތައް ދައްކަވާއިރުގައި ވިސްނާލަން ޖެހޭނެކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ފަތަން ނޭނގޭ ކަމަށްވަންޏާ ފުން ކަނޑަކަށް ފުންމާލައިގެން ނުވާނެ ކަމަށެވެ. އަދި، ދައްކަން ނޭނގޭ ވާހަކަތައް ދައްކައިގެން ނުވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ގާތަށް އައިސް ވަކި މީހަކު ވިއްކަން އުޅުމަކީ އިލްމުވެރިންގެ ދައުރެއް ނޫން ކަމަށެވެ. އަދި، މި ސަރުކާރުން ފާހިޝް ކަންކަން ވަރަށް ބޮޑަށް އާންމުކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އިލްމުވެރިން ގިނައިން ވާހަކަދައްކަވަނީ ސަރުކާރުގެ ތާއީދުގައިކަން ފާހަގަކުރައްވާ ވިދާޅުވީ އެ ބޭފުޅުން ވެސް އުޅުއްވަނީ ދުނިޔޭގެ އިއްޒަތާއި ލައްޒަތް ހާސިލުކުރުމުގެ މަގުސަދުގައި ކަމަށެވެ.
"ކޮންމެވެސް އެއް ބޭފުޅަކު ބޭނުންފުޅުވީ ޑިޕްލޮމެޓިކް ޕާސްޕޯޓެއް. އޭގެ ބޭނުމުގައި ވަކި ކަހަލަ ވާހަކަތަކެއް ދައްކަވަމުން ގެންދެވީ. އަނެއް ބޭފުޅަކު ޔުނިވާސިޓީއެއްގެ ކޮންމެވެސް މަގާމެއް ބޭނުންފުޅުވާތީ ވާހަކަ ދައްކަވަމުން ގެންދަވަނީ." ނުސީދާ ގޮތެއްގައި އަދާލަތުގެ އިލްމުވެރިންނަށް ރައްދުދެއްވަމުން އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބައެއް އިލްމުވެރިން ރައްޔިތުންނަށް އޮޅުވާލުމުގެ މަގުސަދުގައި ވާހަކަދެއްކި ނަމަވެސް ރައްޔިތުންގެ ލޯކުރިމަތީގައި ހިނގާ ކަންކަން އޮޅުވާނުލެވޭނެ ކަމަށެވެ. އަދި، އެފަދަ ވާހަކަތަކަކީ އެއީ އިލްމުވެރިންގެ މަންހަޖުން ބޭރު ކަންތައްތައްކަން ގަބޫލުކުރައްވާ އެކަންކަމާއި އެބޭފުޅުން ދުރުހެލިވާން ގޮވާލެއްވިއެވެ.
"ކީއްވެގެންތޯ އަދާލަތު ޕާޓީ އުފެދުނީ. އަޅުގަނޑުމެންނަށް އޭރު ހީވި، އަދާލަތު ޕާޓީއަށް ވަދެގެން ނޫނީ ﷲގެ ދިންނެވުމާއި ފުއްސެވުމެއް ނުލިބޭނޭ. މިއަދު އެކަމު އަޅުގަނޑަށް ހީވަނީ އޭގެ އަނެއްކޮޅަށް. ﷲގެ ދިންނެވުމާއި ފުއްސެވުން ނުލިބޭނީ އަދާލަތު ޕާޓީއަށް ވަދެއްޖިއްޔާ." ޔާމީން ވިދާޅުވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
ސަރުކާރުން މަސްވެރިންނަށްވީ އެއްވެސް ވައުދެއް ނުފުއްދާ – ސޮބާޙް
6 - ސެޕްޓެމްބަރު - 2023
ދިގުފަރު ހިއްކާ އިހަވަންދޫއާ ގުޅާލާނަން: މުއިއްޒު
14 - އޮގަސްޓު - 2023
މުއިއްޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
12 - އޮގަސްޓު - 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވަޑައިގެންފި
19 - ޖުލައި - 2023
ޕީޕީއެމް ފަހަތަށް ޖައްސާލައި އިހަވަންދޫގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
9 - މޭ - 2023
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
ރިޕޯޓް: ސްލޮއީ ކާކު؟ ޔާމީންތަ ނޫނީ އިބޫތަ؟
17 - ނޮވެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް