ޕީޕީއެމް ފަހަތަށް ޖައްސާލައި އިހަވަންދޫގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
ސިޔާސީ ވާދަވެރިކަން ބޮޑު އިހަވަންދޫގައި ވޭތުވެދިޔަ 6 އެއްކަ މަހު އެންމެ މެމްބަރުންގިނަ ޕާޓީއެއްގެ ގޮތުގައި އޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވެސް (ޕީޕީއެމް) ފަހަތަށް ޖައްސާލައި އިހަވަންދޫގައި އެންމެ މެމްބަރުން ގިނަ ޕާޓީއަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިނޫހާއި ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިހަވަންދޫގައި، ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުން އެބަތިއްބެވެ. އިހަވަންދޫ އަށް ނިސްބަތްވާ 1684 މީހަކު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބިއިރު، މިވަގުތު އޭގެ ތެރެއިން އެންމެ މެމްބަރުން ގިނައީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައެވެ. އެމްޑީޕީގައި 694 މެމްބަރުން ތިބިއިރު ދެ ވަނާގައި އޮތް ޕީޕީއެމްގައި މިވަގުތު ތިބީ 531 މެމްބަރުންނެވެ. 231 މެމްބަރުންނާއިއެކު ތިން ވަނާގައި އެމްޑީއޭ އޮތްއިރު ޖޭޕީ ގެ މެމްބަރުންގެ އަދަދު 120 އަށް ދަށްވެ ވަނީ 4 ވަނައަށް ވެއްޓިފައެވެ. 5 ވަނާގައި އޮތް އަދާލަތު ޕާޓީގައި 56 މެމްބަރުން ތިބިއިރު އެމް.އެން.ޕީ ގައި 23 މެމްބަރުން އެބަތިއްބެވެ. ރައީސް މައުމޫންގެ އެމް.އާރު.އެމް ގައި 16 މެމްބަރުން ތިބިއިރު އެމް.ޓީ.ޑީ ގައި 12 މެމްބަރަކު އެބަތިއްބެވެ. ޕީޕީއެމް ކޯލީޝަނުގައި ހިމެނޭ ޕީއެންސީގެ ރަޖިސްޓްރީގައި އޮތީ އިހަވަންދޫއަށް ނިސްބަތްވާ އެންމެ މީހެކެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްޤު އިހަވަންދޫގެ 2405 މީހަކަށް ލިބިފައިވެއެވެ. އެހެންކަމުން ސިޔާސީ ޕާޓީއަކާއި ގުޅުމުގެ އުމުރު ހަމަވާމީހުންގެ ތެރެއިން އެއްވެސް ޕާޓީއަކާއި ނުގުޅިތިބީ އިހަވަންދޫގެ ގާތްގަނޑަކަށް 721 މީހުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
އެމްޑީޕީ ފަހަތަށް ޖައްސާލައި އިހަވަންދޫގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް ޕީޕީއެމް
15 - ނޮވެމްބަރު - 2022
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2017: އިހަވަންދޫ ރަށުކައުންސިލްގެ 5 ގޮނޑި އެމްޑީޕީން ކަށަވަރު ކޮށްފި
7 - މޭ - 2017
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވަޑައިގެންފި
19 - ޖުލައި - 2023
ރިޕޯޓް: ސްލޮއީ ކާކު؟ ޔާމީންތަ ނޫނީ އިބޫތަ؟
17 - ނޮވެމްބަރު - 2022
ޕީޕީއެމް އިހަވަންދޫ ދާއިރާގެ އިންތިހާބުގައި ވޯޓްލެވޭ މީހުންގެ %45 މީހުންނަކީ އެމްޑީޕީ މެމްބަރުން!
30 - އޮކްޓޯބަރު - 2022
ކައުންސިލް މެމްބަރު ރިޟްވާން އެމްޑީޕީ ދޫކޮށް ޕީޕީއެމް އަށް
26 - ޖެނުއަރީ - 2020
ރައީސް ނަޝީދާއި ފައްޔާޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
22 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް