އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
ކުރިޔަށްއޮތް މަޖިލިހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރަނީ އާރިފް އަދި ނަސީރުއެވެ. މިއީ އައު ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ބާއްވާ ބަރުލަމާނުގެ އިންތިހާބެއްގައި އިހަވަންދޫ ދާއިރާއަށް އެންމެ މަދުން ކެނޑިޑޭޓުން ވާދަކުރާ ފަހަރެވެ.
އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ މެދުގައި ކެންޑިޑޭޓް ނަންބަރުގެ ގުރު ނަގާފައިވާއިރު، ކެންޑިޑޭޓް ނަންބަރު 1 އާރިފްއަށް ލިބިފައިވާއިރު، ކެންޑިޑޭޓް ނަންބަރު 2 ލިބިފައިވަނީ ނަސީރުއަށެވެ.
އާރިފް މިއިންތިހާބުގައި ވާދަކުރަނީ އެމްޑީޕީގެ ޓިކެޓްގައެވެ. އާރިފްއަށް ޓިކެޓް ލިބިފައިވަނީ ޕްރައިމަރީއަކާއި ނުލައެވެ. އެއީ އާރިފް ފިޔަވާ އިތުރުފަރާތަކުން އެމްޑީޕީގެ ޓިކެޓް ހޯދުމަށް ކުރިމަތިލާފައި ނުވާތީއެވެ. އާރިފްވަނީ ނިމިދިޔަ ސަރުކާރުގެ، ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަޤާމް އަދާކުރައްވާފައެވެ. އޭރުގެ ސަރުކާރުން ހިންގި ގެދޮރުވެރި ސްކީމް ތަކުގެ މަސައްކަތުގައި އާރިފްވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ނަސީރު މިއިންތިހާބުގައި ވާދަކުރަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައެވެ. ނަސީރު ޓިކެޓް ހޯދީ 3 ކެންޑިޑޭޓަކު ވާދަކުރި ވާދަވެރި ޕްރައިމަރީއެއް ކާމިޔާބުކޮށްގެންނެވެ. ޕްރައިމާރީއިން ނަސީރުވަނީ 668 ވޯޓް ހޯދަވާފައެވެ. ނަސީރާއި އެންމެ ގާތުން ވާދަކުރި، މުހައްމަދު އަބުދުﷲ (މުހައްމާ) އަށް ލިބުނީ 572 ވޯޓެވެ. ނަސީރުއަކީ މިހާރުވެސް އެކޯލީޝަނުގެ އިހަވަންދޫ ދާއިރާގެ ރައީސްއެވެ. ނަސީރަކީ ތަފާތުއެކި ވިޔަފާރިތައް ހިންގާ ވިޔަފާރިވެރިއެކެވެ. ނަސީރުވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކޮށްފައެވެ. އެފަހަރުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރި ނާސިރު 706 ވޯޓާއިއެކު ދިޔައީ ދެވަނައަށެވެ.
ހއ. އިހަވަންދޫ
ޕީޕީއެމް
ހއ. މޮޅަދޫ
ހއ. މާރަންދޫ
އެމްޑީޕީ
ރައްޔިތުންގެ މަޖިލިސް
އިހަވަންދޫ ދާއިރާ
ޕީއެންސީ
ގުޅުން ހުރެދާނެ ލިޔުން
ޕީއެންސީގެ ޖަލްސާއަށް އިހަވަންދޫ ދާއިރާއިން ގިނަ ބަޔަކު މާލެއަށް!
14 - ނޮވެމްބަރު - 2025
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 : އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ނަސީރު
21 - އޭޕްރީލް - 2024
އެމްޑީޕީ އިހަވަންދޫ ދާއިރާގެ ރައީސްކަމުގެ މަޤާމަށް މިސްބާހް
26 - ސެޕްޓެމްބަރު - 2021
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
ހާޝިމް، އަމިއްލަގޮތުން ކުރިމަތިނުލަން ނިންމައިފި
14 - ފެބްރުއަރީ - 2024
"މާލެއާއި އެއް އަގެއްގައި ތާޒާ ފެން އިހަވަންދޫ ދާއިރާގެ ރައްޔިތުންނަށް ރަށުން ލިބޭނެގޮތް ކަށަވަރު ކޮށްދޭނަން" ނަސީރު
4 - ޖެނުއަރީ - 2024
އިހަވަންދޫ ދާއިރާ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބަހައްޓާ ފޮށި ބަދަލުކޮށްފި
15 - އޮގަސްޓު - 2023
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް