އައިސް ޕްލާންޓްގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް ދުވާލަކު 75 ޓަނު އުފެއްދޭވަރު ކުރަނީ
އިހަވަންދޫގައި ފެނަކައިން ހިންގަމުން އަންނަ އައިސްޕްލާންޓްގެ ސްޓޯރޭޖް އިތުރުކޮށް، ދުވާލަކު 75 ޓަނުގެ އައިސް އުފެއްދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ސައީދު ވިދާޅުވީ، ދޯނި ފަހަރާ ހަމައަށް އައިސް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުން ދާކަމުގައެވެ.
2007 ވަނަ އަހަރު ހިދުމަތްދޭންފެށި އިހަވަންދޫ އައިސްޕްލާންޓް، 2011 ވަނަ އަހަރުންފެށިގެން ހިންގަމުން އަންނަނީ މިފްކޯއިންނެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުވަނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ކުރިން ހިންގަމުން ދިޔަ 14 އައިސް ޕްލާންޓު ހިންގުމުގެ ހުރިހާ މަސައްކަތެއް ފެނަކައާ ހަވާލުކޮށްފައެވެ. އޭގެތެރޭގައި އިހަވަންދޫ އައިސް ޕްލާންޓްވެސް ހިމެނެއެވެ.
2019 ވަނަ އަހަރު މިފްކޯއިންވަނީ އިހަވަންދޫ އައިސް ޕްލާންޓްގެ ކެޕޭސިޓީ 25 ޓަނުން 50 ޓަނަށް އިތުރު ކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އައިސް ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް އައިސް ދޫކުރަން ފަށައިފި
13 - ޑިސެމްބަރު - 2022
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް، މާދަމާ 3 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
21 - ނޮވެމްބަރު - 2025
އިހަވަންދޫ ކަރަންޓްގެ މައްސަލަ: މަސްވެރިންނަށް އައިސް ނުލިބޭތާ 2 ހަފުތާ!
17 - ޖުލައި - 2025
އަލަށްގެނަ 1 މެގަ ވޯޓްގެ ޖަނަރޭޓަރ އިންސްޓޯލްކޮށްފި
12 - ފެބްރުއަރީ - 2025
ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެނީ
13 - މާރިޗު - 2024
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް މާދަމާ، ކަރަންޓް ކަނޑަނީ
12 - ޖެނުއަރީ - 2024
އަލަށްދޫކުރި ގޯތިތަކުގައި ނަރުދަމާ ބަހައްޓާނެ ލޮކޭޝަން 22 ޖުލައިގެ ކުރިން އެންގުމަށް އެދިއްޖެ
24 - ޖޫން - 2023
އައިސްޕްލާންޓް ހެދިއްޖެ
14 - އޭޕްރީލް - 2023
އިހަވަންދޫ އައިސް ޕްލާންޓުން އެމޯނިޔަމް ގޭސް ލީކްވާތީ ބޮޑު ސަރަހައްދެއް ބަންދުކޮށްފި
28 - ނޮވެމްބަރު - 2022
އިހަވަންދޫގައި އައިސްޕްލާންޓެއް ހުރިކަން ޔާމިނަކަށް ނޭގުނު : އެމްޕީ ޝިފާއު
16 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް