ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ކައުންސިލް ކަޕް 2022" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މުބާރާތުގެ ހިންގާ ޤަވާއިދުގައި ވާގޮތުން މިމުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި އިހަވަންދޫގެ ޓީމްތަކަށެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން 30 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމް ހުށަހަޅަން ޖެހެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް
އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 500ރ އެވެ. މިމުބާރާތުގައި 1 ނޮވެމްބަރާއި ހަމަޔަށް 16 އަހަރު ފުރިފައިވާ ކުޅުންތެރިންނަށް ކުޅެވޭއިރު ޓީމް ލިސްޓްގައި މަދުވެގެން 8 ކުޅުންތެރިންނާއި 3 އޮފިޝަލުން ޖައްސަން ޖެހެއެވެ.
މިއީ އިހަވަންދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުންނާއި، ނަފްސާނީ ޖިސްމާނީ ގޮތުންވެސް ދުޅަހެޔޮ އަދި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަޤްސަދުގައި ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއީ އެގޮތުން މިމުބާރާތް ބާއްވާ 5 ވަނަ ފަހަރެވެ.
ގުޅުން ހުރެދާނެ ލިޔުން
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
މުބާރާތުގެ އަގުބޮޑުކޮށް، ކައުންސިލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
10 - ނޮވެމްބަރު - 2023
ކައުންސިލް ކަޕް 2022 ގެ ފައިނަލް މެޗުގައި ހިންގި ހަމަނުޖެހުމުގެ ސަބަބުން ބޮޑެތި ފިޔަވަޅުތަކެެއް އަޅަން ނިންމައިފި!
16 - ނޮވެމްބަރު - 2022
އެންވީކޭ އިން 4 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
12 - ނޮވެމްބަރު - 2022
ކައުންސިލް ކަޕްގެ ފައިނަލް މިރޭ ބައްދަލުކުރާނީ އެންވީކޭ އަދި ޔުނައިޓެޑް ޔޫތް
12 - ނޮވެމްބަރު - 2022
ފޯޓޯ: ކައުންސިލް ކަޕް ފުޓްސަލް ޓޯނަމެންޓް 2022 (ޕެރިސް vs އެފްސީ ވައިޓް ހޯސް)
8 - ނޮވެމްބަރު - 2022
ފޯޓޯ: ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓް (ޔުނައިޓެޑް ޔޫތް vs ކްލަބް އިރަމާ)
7 - ނޮވެމްބަރު - 2022
ފޮޓޯ: ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓް ފެށުމުގެ ރަސްމިއްޔާތު
7 - ނޮވެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް