ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން އިހަވަންދޫގައި ޤާއިމުކުރަން ހަމަޖެހިފައިވާ ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހްމަދު ނަސީރު ވިދާޅުވެއްޖެއެވެ. މެމްބަރު ނަސީރު މިހެން ވިދާޅުވީ، އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ، ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ދެއްކެވި ވާހަކާގައެވެ.
ކައުންސިލްކަޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެންބަރު އަހްމަދު ނަސީރު ވިދާޅުވީ، އިހަވަންދޫ ކައުންސިލަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި ދުޅަހެޔޮ ސިއްޙަތެއް ޤާއިމުކުރުމަށް އެންމެ އިސްކަންދީ މަސައްކަތްކުރާ ރާއްޖޭގެ އެއް ކައުންސިލް ކަމަށެވެ. އަދި މި ކައުންސިލާ ހަވާލުވިއިރު ޒުވާނުން ކުޅިވަރު ކުޅެން އޮތް މާހައުލު ރަނގަޅު ކުރުމަށްޓަކައި ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށް ކައުންސިލް ރައީސް އަހުމަދު ސޮބާހް އަދި ކައުންސިލް މެންބަރުންގެ ބުރަ މަސައްކަތަށް ޝުކުރުއަދާކުރައްވަމުން ނަސީރު ވިދާޅުވީ، ކުޅިވަރުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް އެންމެ ގިނައިން ޚަރަދުކޮށް، އެންމެ ކާމިޔާބު ކަމާއެކު ހިންގާ ކައުންސިލްތަކުގެ ތެރޭގައި އިހަވަންދޫ ކައުންސިލް ހިމެނޭ ކަމަށެވެ.
ރަށުގެ އެކި ސަރަހައްދުތަކުން ޒުވާނުން އަމިއްލަ ޚަރަދުގައި ބައިވެރިވެ، މުބާރާތްތަކުގައި ވާދަކުރުމަކީ އިޖްތިމާޢީ ރޫޙު ވަރުގަދަވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއްކަމަށް ފާހަގަކުރައްވައި، ރަށުގެ ހުރިހާ ކްލަބް ޖަމިއްޔާތަކަށާއި ރައްޔިތުންނަށް މެމްބަރު ނަސީރު ޝުކުރު ދެންނެވިއެވެ.
މަޖިލިސް މެންބަރު ނަސީރު ވަނީ ޒުވާނުންނެކޭ އެއްފަދައިން އިސްރަށްވެހިންނަށް ވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައި، އެކުވެރިކަމާއި ގުޅުންތެރިކަން އިތުރުވާނެ ކުޅިވަރު ޕްރޮގްރާމްތައް ރާވައި ހިންގުމަށް އެދިވަޑައިގެންފައެވެ. އަދި، ފުރިހަމަ ސިއްޙަތެއްގައި ދެމިހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރަށުގެ ކޮންމެ މީހަކު މަދުވެގެން ދުވާލަކު 30 މިނިޓް ކަސްރަތު ކުރުމަށް ނަސީރު ވަނީ ބާރުއަޅުއްވާފައެވެ.
މީގެ އިތުރުން، ފުޓްބޯޅަ މުބާރާތްތައް ރާވައި ހިންގުމުގައި ތަރުތީބުކަން އިތުރުކޮށް، ފުޓްބޯޅަ މުބާރާތްތައް ތަކުރާރު ނުވާނެގޮތަކަށް، ޝައުގުވެރިކަން ހުރި ބޭފުޅުންގެ މަޝްވަރާއާއެކު ރޭވުމަށް އެދިވަޑައިގެންނެވިއެވެ. މިގޮތަށް ކަންތައްތައް ރޭވުމުން، ބެލުންތެރިންގެ މަޤްބޫލުކަން އިތުރުވެ، ޒުވާނުންނަށް ޚަރަދުގައި ލުޔެއް ލިބިގެންދާނެކަމަށް ނަސީރު ވިދާޅުވިއެވެ.
ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2025 ގައި ބައިވެރިވެފައިވަނީ 4 ޓީމެކެވެ. އެއީ އެންވީކޭ، ކުޅިމަގު، ޔުނައިޓެޑް ޔޫތް އަދި ކްލަބް އިރަމާއެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ އަދި ރަނަރަޕް ޓީމަށް 15،000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭ އެވެ. އެޓީމްވަނީ 5 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި ކައުންސިލް ކަޕްގެ ޗެމްޕިއަން ޓީމަކީވެސް އެންވީކޭ އެވެ.
ގުޅުން ހުރެދާނެ ލިޔުން
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
މުބާރާތުގެ އަގުބޮޑުކޮށް، ކައުންސިލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
10 - ނޮވެމްބަރު - 2023
ކައުންސިލް ކަޕް 2022 ގެ ފައިނަލް މެޗުގައި ހިންގި ހަމަނުޖެހުމުގެ ސަބަބުން ބޮޑެތި ފިޔަވަޅުތަކެެއް އަޅަން ނިންމައިފި!
16 - ނޮވެމްބަރު - 2022
އެންވީކޭ އިން 4 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
12 - ނޮވެމްބަރު - 2022
ކައުންސިލް ކަޕްގެ ފައިނަލް މިރޭ ބައްދަލުކުރާނީ އެންވީކޭ އަދި ޔުނައިޓެޑް ޔޫތް
12 - ނޮވެމްބަރު - 2022
ފޯޓޯ: ކައުންސިލް ކަޕް ފުޓްސަލް ޓޯނަމެންޓް 2022 (ޕެރިސް vs އެފްސީ ވައިޓް ހޯސް)
8 - ނޮވެމްބަރު - 2022
ފޯޓޯ: ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓް (ޔުނައިޓެޑް ޔޫތް vs ކްލަބް އިރަމާ)
7 - ނޮވެމްބަރު - 2022
ފޮޓޯ: ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓް ފެށުމުގެ ރަސްމިއްޔާތު
7 - ނޮވެމްބަރު - 2022
ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
21 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް