މުބާރާތުގެ އަގުބޮޑުކޮށް، ކައުންސިލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ކައުންސިލް ކަޕް 2023" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މުބާރާތުގެ ހިންގާ ޤަވާއިދުގައި ވާގޮތުން މިމުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި އިހަވަންދޫގެ ޓީމްތަކަށެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން 15 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމް ހުށަހަޅަން ޖެހެއެވެ.
މިހިނގާ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 1000ރ އެވެ. މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުގައި ހިމެނޭނީ އިހަވަންދޫގެ ރައްޔިތުންގެ އިތުރުން، އިހަވަންދޫގެ ރައްޔިތަކާއި ކައިވެނި ކޮށްގެންއުޅޭ ރަށުން ބޭރުގެ 1 ކުޅުންތެރިޔެކެވެ. މީގެ އިތުރުން ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު 1 ކުޅުންތެރިޔަކު ހިމެނިދާނެކަމަށް މުބާރާތުގެ ހިންގާ ޤަވާއިދުގައިވެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފީ 500ރ އިން 1000ރ އަށް ބޮޑުކޮށްފައިވާއިރު 1 ވަނަ ޓީމަށާއި ދެވަނަ ޓީމަށްދޭ ފައިސާގެ އަދަދުވެސްވަނީ ބޮޑުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު 1 ވަނަޓީމަށް 5000ރ ދީފައިވާއިރު މިއަހަރުގެ މުބާރާތުގެ އެއްވަނަ ޓީމަށް 15000ރ ގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ. ހަމަ އެގޮތަށް 2 ވަނައަށް ދިޔަ ޓީމަށް މިދިޔައަހަރު 2500ރ ގެ ފައިސާގެ އިނާމެއް ދީފައިވާއިރު މިއަހަރުވަނީ ދެވަނައަށް ދާ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.
މިއީ މިމުބާރާތް ކައުންސިލުން ކުރިޔަށްގެންދާ 6 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭ އެވެ. އެޓީމްވަނީ އެންމެ ފަހުގެ ކައުންސިލް ކަޕާއިއެކު ޖެހިޖެހިގެން 4 ފަހަރު އެމުބާރާތް ކާމިޔާބުކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕް 2022 ގެ ފައިނަލް މެޗުގައި ހިންގި ހަމަނުޖެހުމުގެ ސަބަބުން ބޮޑެތި ފިޔަވަޅުތަކެެއް އަޅަން ނިންމައިފި!
16 - ނޮވެމްބަރު - 2022
އެންވީކޭ އިން 4 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
12 - ނޮވެމްބަރު - 2022
ކައުންސިލް ކަޕްގެ ފައިނަލް މިރޭ ބައްދަލުކުރާނީ އެންވީކޭ އަދި ޔުނައިޓެޑް ޔޫތް
12 - ނޮވެމްބަރު - 2022
ފޯޓޯ: ކައުންސިލް ކަޕް ފުޓްސަލް ޓޯނަމެންޓް 2022 (ޕެރިސް vs އެފްސީ ވައިޓް ހޯސް)
8 - ނޮވެމްބަރު - 2022
ފޯޓޯ: ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓް (ޔުނައިޓެޑް ޔޫތް vs ކްލަބް އިރަމާ)
7 - ނޮވެމްބަރު - 2022
ފޮޓޯ: ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓް ފެށުމުގެ ރަސްމިއްޔާތު
7 - ނޮވެމްބަރު - 2022
ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
21 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް