Live updates
05 Nov 2022, 22:58
ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުގެ އިހަވަންދޫ ދާއިރާގެ އިންތިހާބުގައި، އިހަވަންދޫ ދާއިރާގެ ނައިބް ރައީސްކަމުގެ އިންތިހާބް އަހްމަދު ޝާފިއު ކާމިޔާބްކުރީ 353 ވޯޓް ހޯދައިގެންނެވެ. ޝާފިއުއާއި އެންމެ ގާތުން ވާދަކުރި މުހައްމަދު އިބްރާހިމްއަށް ހޯދުނީ 158 ވޯޓެވެ. ތިންވަނައަށްދިޔަ ހަލީލް އަށް 53 ވޯޓް ލިބުނުއިރު ފުލަށްދިޔަ މުއީދުއަށް ލިބުނީ 28 ވޯޓެވެ. 
05 Nov 2022, 22:45
ޒުވާނުން ހަރަކާތުގެ ރަށު ރައީސްގެ އިންތިހާބު އަފްޒަލް ކާމިޔާބް ކޮށްފައިވަނީ 132 ވޯޓް ހޯދައިގެންނެވެ. އަފްސަލް އާއި ވާދަކުރި އަމީނަށް ލިބުނީ 87 ވޯޓެވެ.

05 Nov 2022, 22:36
ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުގެ އިހަވަންދޫ ދާއިރާގެ އިންތިހާބުގައި، އިހަވަންދޫ ދާއިރާގެ ރައީސްކަމުގެ އިންތިހާބް އަހްމަދު ނަސީރު ކާމިޔާބުކުރެއްވީ 410 ވޯޓް ހޯއްދަވައިގެންނެވެ. ނަސީރާއި ވާދަކުރެއްވި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ އަށް ލިބިލެއްވީ 203 ވޯޓެވެ.

05 Nov 2022, 21:29
ރައީސް ނަސީރު: 294
މުހައްމާ: 136 ނައިބް ރައީސް މުއީދު: 22 ޝާފިއު: 236 ހަލީލް: 41 މުހައްމަދު އިބްރާހިމް: 11505 Nov 2022, 21:10
ވަގުތީ ނަތީޖާއަށް ބަލާއިރު ޒުވާނުން ހަރަކާތުގެ ރަށު ރައީސްގެ އިންތިހާބު އަފްޒަލްވަނީ ކާމިޔާބުކޮށްފައި.
05 Nov 2022, 21:07

05 Nov 2022, 20:59
މާލޭގައި ބެހެއްޓި ފޮށީގެ ނައިބްރައިސް ވޯޓްގެ ނަތީޖާ
މުއީދު: 4
ޝާފިއު: 66
ހަލީލް: 7
މުހައްމަދު އިބްރާހިމް: 25
05 Nov 2022, 20:43
ޒުވާނުން ހަރަކާތުގެ ރަށު ރައީސްގެ އިންތިހާބުގައި މާލޭގައި ބެހެއްޓިފޮށީގެ ނަތީޖާ
05 Nov 2022, 20:26
މާލެ ފޮށީގެ ވަގުތީ ނަތީޖާ
ނަސީރު: 60
މުހައްމާ: 45
05 Nov 2022, 20:17
މާރަންދޫ ފޮށީގެ ވަގުތީ ނަތީޖާ
ރައީސް
ނަސީރު: 41
މުހައްމާ: 20
ނައިބް ރައީސް
މުއީދު: 2
ސާފިއު: 47
ހަލީލު: 5
މުހައްމަދު އިބްރާހިމް: 7
05 Nov 2022, 20:02
އަފްޒަލް: 102
އަމީން: 72
05 Nov 2022, 19:47
މުހައްމާ: 2
ނަސީރު: 15
ޝާފިއު: 4
މުހައްމަދު އިބްރާހިމް: 11
05 Nov 2022, 19:23
- * އަދަދު ޔަޤީން ނޫންކަމަށް ޖަހާފައިއެވަނީ 3 ވަނަ ފަރާތަކުން ހޯދާފައިވާ މައުލޫމާތު ކަމަށްވާތީ. އެހެންކަމުން އެއަދަދުތަކަށް ބަދަލުއައުން އެކަށީގެންވޭ.
05 Nov 2022, 19:18
ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުގެ އިހަވަންދޫ ދާއިރާގެ އިންތިހާބުގައި ވޯޓްލާ 4 ފޮށިވެސް ބަންދުކޮށްފި. 19:30 ގައި ވޯޓް ގުންން ފަށާނެ.

05 Nov 2022, 18:15
އިހަވަންދޫ ސްކޫލްގައި ބަހައްޓާފައިހުރި ވޯޓް ފޮށްޓަށް މިހާތަނަށް 389 މީހަކުވަނީ ވޯޓް ލާފައި. ޒުވާނުން ހަރަކާތުގެ ރަށު ރައީސްގެ އިންތިހާބުގައި 148 ޒުވާނަކުވަނީ ވޯޓްލާފައި.
05 Nov 2022, 17:35
05 Nov 2022, 16:59
05 Nov 2022, 16:48

05 Nov 2022, 16:08
އިހަވަންދޫ ސްކޫލްގައި ބަހައްޓާފައިހުރި ވޯޓް ފޮށްޓަށް މިހާތަނަށް 218 މީހަކުވަނީ ވޯޓް ލާފައި.
05 Nov 2022, 13:57
ވޯޓް ކަރުދާހުގައިވާ މައްސަލަ ހައްލުކުރުމަށް އަލުން ވޯޓް ކަރުދާސް ޕްރިންޓްކުރުމަށްފަހު ވޯޓްލުން ފަށައިފި. އިހަވަންދޫ ސްކޫލްގައި ބަހައްޓާފައިވާ ވޯޓް ފޮއްޓަށް 80 އަށްވުރެ ގިނަ މީހުން މިހާރުވަނީ ވޯޓް ލާފައި. މީގެ އިތުރުން އިހަވަންދޫ ދާއިރާގެ ވޯޓް ފޮށިތައް ބަހައްޓާފައިހުރި މާލެ، މޮޅަދޫ އަދި މާރަންދޫގައި ހުރި ފޮށިތަކަށްވެސް މިހާރުދަނީ ވޯޓްލަމުން. މިހާރު ހަމަޖެހިފައިވާ ގޮތަށް ކުރިޔަށް ދާނަމަ މިރޭ 19:00 އާއި ހަމަޔަށް ވޯޓްލުން ކުރިޔަށްދާނެ. އިހަވަންދޫ ދާއިރާގެ މީހުންނަށް ހާއްސަކޮށް މާލޭގައި ބަހައްޓާފައިހުރި ވޯޓް ފޮށި ބަހައްޓާފައިހުރީ ހެންވޭރު ދަނޑުގައި.
05 Nov 2022, 10:46
ދެން ވޯޓު ނެގުން ކުރިއަށް ދާނީ މެންދުރު ފަހު 1:00 އިން މިރޭ 7:00 އަށް
05 Nov 2022, 10:40
ވޯޓު ކަރުދާހުން މައްސަލައެއް ފާހަގަ ކުރެވުމުގެ ސަބަބުން ވޯޓު ލުން މެދުކަނޑާލައިފި. ދެން ވޯޓު ނެގުން ފަށާނީ މެންދުރު ފަހު 1:00 ގައި
05 Nov 2022, 08:57

05 Nov 2022, 08:46
ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން މިއަދު ބާއްވާ ދާއިރާތަކުގެ އިންތިހާބުގެ ވޯޓްލުން މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމަޔަށް ކުރިޔަށް ދާނެއެވެ. އިހަވަންދޫގައި ވޯޓްފޮށި ބަހައްޓާފައިވަނީ އިހަވަންދޫ ސްކޫލްގައެވެ. ވޯޓްލަން ދާފަރާތްތަކުން، ސްކޫލަށް ވަނުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އިހަވަންދޫ ސްކޫލްގެ ހުޅަނގު ދޮރާށިންނެވެ.
05 Nov 2022, 08:35
ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުގެ އިހަވަންދޫ ދާއިރާގެ އިންތިހާބުގައި 864 މީހަކަށް ވޯޓް ލުމުގެ ހައްޤުލިބިގެންވެއެވެ.
ޕީޕީއެމް އިން އާންމުކޮށްފައިވާ ފައިނަލް ވޯޓަރސް ލިސްޓްގައި ވާގޮތުން، މި އިންތިހާބުގައި އިހަވަންދޫ އިން 707 މީހަކަށް ވޯޓް ލެވޭއިރު، މާރަންދޫއިން 124 އަދި މޮޅަދޫއިން 33 މީހަކަށް ވޯޓް ލެވެއެވެ.
މިއިންތިހާބުގައި އިހަވަންދޫ ދާއިރާގެ ރައީސް ކަމަށް ވާދަކުރަނީ އަހްމަދު ނަސީރު އަދި މުހައްމަދު އަބުދުﷲ އެވެ. ނައިބް ރައީސް ކަމަށް 4 ކެންޑިޑޭޓަކު ވާދަކުރެއެވެ. އެއީ އަބުދުލް މުއީދު އިބްރާހިމް، އަހްމަދު ޝާފިއު، އިބްރާހިމް ހަލީލް އަދި މުހައްމަދު އިބްރާހިމްއެވެ.
ޒުވާނުން ހަރަކާތުގެ ރަށު ރައީސް އަށް ވާދަކުރަނީ އަހްމަދު އަފްޒަލް އަދި މުހައްމަދު އަމީން އެވެ. ޒުވާނުން ހަރަކާތުގެ ރަށު ރައީސްގެ އިންތިހާބުގައި ވޯޓް ލުމުގެ ހައްޤު ލިބިގެންވަނީ 310 މީހަކަށެވެ.



