ޣާޒީ ކަޕްގެ ދެވަނަ ބުރަށް އެންވީކޭ، ޖަންގަލް، ކުޅިމަގު އަދި ސެންސިޓީ
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023 ގެ ދެވަނަބުރަށް އެންވީކޭ، ޖަންގަލް، ކުޅިމަގު އަދި ސެންސިޓީ ދަތުރުކޮށްފިއެވެ.
ހަ ޓީމް ބައިވެރިވު މިމުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން ކުރިޔަށް ގެންގޮސްފައިވަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް 1 ގައި ހިމެނުނީ ސެންސިޓީ، ކުޅިމަގު އަދި ފިއުޗަރ އެފްސީއެވެ. މިގްރޫޕުން 6 ޕޮއިންޓާއި އެކު އެއްވަނަ ޓީމެއްގެ ގޮތުގައި ކުޅިމަގު ދެވަނަ ބުރަށް ދަތުރުކުރިއިރު، ސެންސިޓީ 3 ޕޮއިންޓާއިއެކު ދެވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައިވެއެވެ. ފިއުޗަރ އެފްސީއަށް އެއްވެސް ޕޮއިންޓެއް ނުލިބި ކެޓީއެވެ. ގްރޫޕް 2 ކުން އެއްވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ 6 ޕޮއިންޓް ހޯދި އެންވީކޭއެވެ. 3 ޕޮއިންޓާއިއެކު ޖަންގަލްވެސް ދެވަނަ ބުރަށް ދަތުރުކުރިއިރު ބޮޑުމަގަށް އެއްވެސް ޕޮއިންޓެއްނުލިބި ކެޓީއެވެ.
މިމުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ފަށާނީ މާދަމާ ހަވީރު 16:00 ގައެވެ. ދެވަނަ ބުރުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެންވީކޭ އަދި ސެންސިޓީއެވެ. ދެވަނަ ބުރަށް ދަތުރުކުރި ހަތަރުޓީމްގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާއިރު، ދެވަނަ އަދި ތިންވަނައަށްދާ ދެ ޓީމްގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅޭނެއެވެ. ޝެޑިއުލާއި އެއްގޮތަށް ކުރިޔަށްދާނަމަ މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 15ވާ އާދިއްތަ ދުވަހުގެ ހަވީރުއެވެ.
މޫސުން ރަނގަޅުނަމަ، މިމުބާރާތުގެ ދެވަނަ ރައުންޑުން ފެށިގެން ކުޅޭ މެޗްތައް ލައިވް ކުރުމަށް ހަމަޖެހިފައިވެއެވެ.
ހއ. އިހަވަންދޫ
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)
އެންވީކޭ
ޖަންގަލް
ކުޅިމަގު
ސެންސިޓީ
ޣާޒީ ކަޕް
ގުޅުން ހުރެދާނެ ލިޔުން
ބޮޑުމަގު ކޮޅަށް 13 ލަނޑު ޖަހާ ޖަންގަލްގެ ފެންވަރު ދައްކާލާފި
2 - ޖެނުއަރީ - 2023
ބޮޑު ތަފާތަކުން އިރަމާ ބަލިކުރުމަށްފަހު އެންވީކޭއިން ޣާޒީކަޕުގެ ތަށިހިއްލާލައިފި
18 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އިރަމާ ފައިނަލަށް
16 - ފެބްރުއަރީ - 2024
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެންވީކޭ ޣާޒީ ކަޕްގެ ފައިނަލަށް
14 - ފެބްރުއަރީ - 2024
ޖަންގަލް އަދި އިރަމާ ޣާޒީ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި
14 - ފެބްރުއަރީ - 2024
އެންވީކޭ އަދި ޖަންގަލް، ބޮޑު ތަފާތަކުން މޮޅުވެ ފެންވަރު ދައްކާލައިފި
12 - ފެބްރުއަރީ - 2024
ސެންސިޓީ ބަލިކޮށް އިރަމާއިން އުއްމީދާއިއެކު މުބާރާތް ފަށައިފި
10 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އެންވީކޭއިން އިތުބާރާއިއެކު މުބާރާފަށައިފި
9 - ފެބްރުއަރީ - 2024
ޣާޒީ ކަޕްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވާދަވެރި އެންވީކޭ އަދި ޖަންގަލް
8 - ފެބްރުއަރީ - 2024
މިއަހަރުގެ ޣާޒީ ކަޕްގައި ބައިވެރިވީ ޖަންގަލް، އެންވީކޭ، ސެންސިޓީ އަދި ކްލަބް އިރަމާ
5 - ފެބްރުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް