ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އެންވީކޭއިން އިތުބާރާއިއެކު މުބާރާފަށައިފި
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއިން ކުރިޔަށްގެންދާ ޣާޒީ ކަޕްގެ ފުރަތަމަ މެޗްގައި، މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް ޖަންގަލް ބަލިކޮށް އިތުބާރާއިއެކު އެންވީކޭއިން މުބާރާތް ފަށައިފިއެވެ. މިއަދު ހަވީރު ޣާޒީ ދަނޑުގައި ކުޅުނު މިމެޗް އެންވީކޭއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން ޖަންގަލްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މިމެޗްގައި ފެނިގެންދިޔަ 4 ގޯލްވެސް ފެނިގެންދިޔައީ މެޗްގެ ފަހު ހާފުގައެވެ. މިއަދުގެ މެޗްގައި އެންވީކޭގެ ގޯލްތައް ޖެހީ ހާމިދު، ތަހުސީން އަދި އިއްސެއެވެ. ޖަންގަލްގެ ހަމައެކަނި ގޯލް ޖެހީ ފަހު ހާފުގައި ކުޅެންނުކުތް ނާއިޝްއެވެ.
މިއަހަރުގެ މުބާރާތް ރާވާފައިވަނީ، ގްރޫޕް ސްޓޭޖްގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރުވާ ގޮތަށެވެ. ފައިނަލްގެ އަނެއްޖާގަ ކަށަވާރުވާނީ ދެވަނަ އަދި ތިންވަނައަށްދާ ދެ ޓީމް ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ. މިއަދުގެ މެޗުން ބަލިވުމުން ގްރޫފް ސްޓޭޖުން އެއްވަނަ ހޯދައިގެން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރުމަށް ޖަންގަލް ޓީމްގެ އަމިއްލަ ބާރު ގެއްލޭނެއެވެ.
ދެން މިމުބާރާތުގައި އެންވީކޭ ނުކުންނާނީ އިރަމާއާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ އާދިއްތަ ދުވަހުގެރޭ 20:15 ގައެވެ. ޖަންގަލް ދެންކުޅޭ މެޗްގައި އާދިއްތަ ދުވަހުގެ ހަވީރު ނުކުންނާނީ ސެންސިޓީއާ ދެކޮޅަށެވެ.
މިރޭވެސް މިމުބާރާތުގެ މެޗެއް ކުޅޭނެއެވެ. މިރޭ 20:15 ގައި ފަށާ އެމެޗްގައި ބައްދަލުކުރާނީ ސެންސިޓީ އަދި ކްލަބް އިރަމާއެވެ. އެމެޗްވެސް އިހަވަންދޫ.ކޮމް ގެ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުން ލައިވް ކުރާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ބޮޑު ތަފާތަކުން އިރަމާ ބަލިކުރުމަށްފަހު އެންވީކޭއިން ޣާޒީކަޕުގެ ތަށިހިއްލާލައިފި
18 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އިރަމާ ފައިނަލަށް
16 - ފެބްރުއަރީ - 2024
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެންވީކޭ ޣާޒީ ކަޕްގެ ފައިނަލަށް
14 - ފެބްރުއަރީ - 2024
ޖަންގަލް އަދި އިރަމާ ޣާޒީ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި
14 - ފެބްރުއަރީ - 2024
އެންވީކޭ އަދި ޖަންގަލް، ބޮޑު ތަފާތަކުން މޮޅުވެ ފެންވަރު ދައްކާލައިފި
12 - ފެބްރުއަރީ - 2024
ސެންސިޓީ ބަލިކޮށް އިރަމާއިން އުއްމީދާއިއެކު މުބާރާތް ފަށައިފި
10 - ފެބްރުއަރީ - 2024
ޣާޒީ ކަޕްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވާދަވެރި އެންވީކޭ އަދި ޖަންގަލް
8 - ފެބްރުއަރީ - 2024
މިއަހަރުގެ ޣާޒީ ކަޕްގައި ބައިވެރިވީ ޖަންގަލް، އެންވީކޭ، ސެންސިޓީ އަދި ކްލަބް އިރަމާ
5 - ފެބްރުއަރީ - 2024
ޣާޒީ ކަޕްގެ ދެވަނަ ބުރަށް އެންވީކޭ، ޖަންގަލް، ކުޅިމަގު އަދި ސެންސިޓީ
5 - ޖެނުއަރީ - 2023
ސެންސިޓީ، އުލިގަން، ބޮޑުމަގު އަދި ޖަންގަލް ސެމީފައިނަލަށް!
24 - ސެޕްޓެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް