މިއަހަރުގެ ޣާޒީ ކަޕްގައި ބައިވެރިވީ ޖަންގަލް، އެންވީކޭ، ސެންސިޓީ އަދި ކްލަބް އިރަމާ
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއިން ކުރިޔަށްގެންދާ ޣާޒީ ކަޕްގައި 4 ޓީމެއް ބައިވެރިވެއްޖެއެވެ. މިއަހަރުގެ ޣާޒީ ކަޕްގައި ބައިވެރިވެފައިވަނީ ޖަންގަލް، އެންވީކޭ، ސެންސިޓީ އަދި ކްލަބް އިރަމާއެވެ.
މިއީ މިދިޔަ އަހަރުގެ މުބާރާތުގައިވެސް ބައިވެރިވި ޓީމްތަކެއް ކަން ފާހަގަކުރެވެއެވެ. މިދިޔަ އަހަރު ބޭއްވި ފުރަތަމަ ޣާޒީ ކަޕްގައި 6 ޓީމަކުން ބައިވެރިވިއެވެ. އެމުބާރާތުގައި ބައިވެރިވެ މިއަހަރުގެ މުބާރާތުގައި ބައިވެރިނުވަނީ އެފްސީ ބޮޑުމަގު އަދި ކުޅިމަގު ޓީމެވެ. މިދިޔަ އަހަރު ބޭއްވި ފުރަތަމަ ޣާޒީ ކަޕްގެ ޗެމްޕިއަން ޓީމަކީ ޖަންގަލްއެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އެންވީކޭގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.
މިއަހަރުގެ ޣާޒީ ކަޕްގެ ފައިސާގެ އިނާމު ވަނީ ބޮޑުކޮށްފައެވެ. މިދިޔައަރުގެ ޗެމްޕިއަން ޓީމަށް 10،000ރ ދިންއިރު މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އަދި 2 ވަނައަށް ދާ ޓީމަކަށް 5000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. މިއަހަރުގެ ޣާޒީ ކަޕް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.
އިމަގު ޣާޒީ ކަޕަކީ އިހަވަންދޫގައި ކުރިޔަށް ގެންދާ ހަމައެކަނި އިލަވަން ސައިޑް ފުޓްބޯޅަ މުބާރާތެވެ. މިމުބާރާތަކީ އިހަވަންދޫގައި ފުޓްބޯޅަކުޅޭ ޓިމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ.
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)
އެންވީކޭ
ޖަންގަލް
ޣާޒީ ދަނޑު
ސެންސިޓީ
ކްލަބް އިރަމާ
ޣާޒީ ކަޕް
ގުޅުން ހުރެދާނެ ލިޔުން
ބޮޑު ތަފާތަކުން އިރަމާ ބަލިކުރުމަށްފަހު އެންވީކޭއިން ޣާޒީކަޕުގެ ތަށިހިއްލާލައިފި
18 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އިރަމާ ފައިނަލަށް
16 - ފެބްރުއަރީ - 2024
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެންވީކޭ ޣާޒީ ކަޕްގެ ފައިނަލަށް
14 - ފެބްރުއަރީ - 2024
ޖަންގަލް އަދި އިރަމާ ޣާޒީ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި
14 - ފެބްރުއަރީ - 2024
އެންވީކޭ އަދި ޖަންގަލް، ބޮޑު ތަފާތަކުން މޮޅުވެ ފެންވަރު ދައްކާލައިފި
12 - ފެބްރުއަރީ - 2024
ސެންސިޓީ ބަލިކޮށް އިރަމާއިން އުއްމީދާއިއެކު މުބާރާތް ފަށައިފި
10 - ފެބްރުއަރީ - 2024
ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އެންވީކޭއިން އިތުބާރާއިއެކު މުބާރާފަށައިފި
9 - ފެބްރުއަރީ - 2024
ޣާޒީ ކަޕްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވާދަވެރި އެންވީކޭ އަދި ޖަންގަލް
8 - ފެބްރުއަރީ - 2024
ޣާޒީ ކަޕްގެ ދެވަނަ ބުރަށް އެންވީކޭ، ޖަންގަލް، ކުޅިމަގު އަދި ސެންސިޓީ
5 - ޖެނުއަރީ - 2023
ހަމްޕް ޖަންގަލް ޓީމާ ގުޅިއްޖެ
1 - ޖެނުއަރީ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް