އިހަވަންދިއްޕޮޅުން ވޯޓު ދިނުމުގެ ހައްޤު ލިބިފައިވަނީ 6072 މީހުންނަށް
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އިހަވަންދިއްޕޮޅުން 6072 މީހުންނަށް ވޯޓު ލިބިމުގެ ހައްޤު ލިބިފައިވާ ކަމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓުން ދައްކައިފިއެވެ.
އިލެކްޝަންސް ކޮމިޝަން އިން އާއްމުކޮށްފައިވާ ލިސްޓުން ދައްކާގޮތުގައި އިހަވަންދިއްޕޮޅުގެ ރަށްތަކުން 3001 އަންހުނުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާއިރު 30071 ފިރިހެނުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައި ވެއެވެ. އެއީ ޖުމުލަ 6072 މީހުންނެވެ. މިލިސްޓުގައިވާ ޢަދަދު ތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އިލެކްޝަނުން އާއްމުކޮށްފައިވާ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިހިނގާ ފެބްރުވަރީ މަހުގެ 20 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް އެކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.
އިހަވަންދިއްޕޮޅުގެ އާބާދީ އެންމެ ބޮޑު ރަށް ހއ. ހޯރަފުށިން 1266 އަންހެނުން އަދި 1273 ފިރިހެނުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައި ވެއެވެ. ހޯރަފުށިން ޖުމުލަ 2539 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާއިރު އޭގެތެރެއިން 234 މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި މިއަހަރު 18 އަހަރު ފުރިގެން އަލަށް ވޯޓު ލުމުގެ ހައްޤުލިބޭ 9 މީހުން އެރަށުގައި ތިބިކަމަށް ލިސްޓުން ދައްކައެވެ.
ހއ. އިހަވަންދޫން 1137 އަންހެނުން އަދި 1169 ފިރިހެނުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައި ވެއެވެ. އިހަވަންދޫން ޖުމުލަ 2306 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާއިރު އޭގެތެރެއިން 148 މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި މިއަހަރު 18 އަހަރު ފުރިގެން އަލަށް ވޯޓު ލުމުގެ ހައްޤުލިބޭ 8 މީހުން އެރަށުގައި ތިބިކަމަށް ލިސްޓުން ދައްކައެވެ.
ހއ. ތުރާކުނުން 261 އަންހެނުން އަދި 282 ފިރިހެނުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައި ވެއެވެ. ތުރާކުނުން ޖުމުލަ 543 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާއިރު އޭގެތެރެއިން 52 މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި މިއަހަރު 18 އަހަރު ފުރިގެން އަލަށް ވޯޓު ލުމުގެ ހައްޤު އެރަށުން ލިބެނީ އެންމެ މީހަކަށެވެ.
ހއ. އުލިގަމުން 189 އަންހެނުން އަދި 200 ފިރިހެނުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައި ވެއެވެ. އުލިގަމުން ޖުމުލަ 389 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާއިރު އޭގެތެރެއިން 39 މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ.
ހއ. މޮޅަދޫން 148 އަންހެނުން އަދި 147 ފިރިހެނުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައި ވެއެވެ. މޮޅަދޫން ޖުމުލަ 295 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާއިރު އޭގެތެރެއިން 26 މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި މިއަހަރު 18 އަހަރު ފުރިގެން އަލަށް ވޯޓު ލުމުގެ ހައްޤު އެރަށުން ލިބެނީ އެންމެ މީހަކަށެވެ.
ގުޅުން ހުރެދާނެ ލިޔުން
ފިއްލަދޫއާއި މުރާދޫ ފިޔަވައި ހއ. އަތޮޅުގެ ރަށްތަކުން ރައްޔިތުންގެ ބައްދަލުވުން ބާއްވާފައިވޭ
24 - މާރިޗު - 2021
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި 8 ރަށަކުން ވާދަކުރަނީ
7 - ޑިސެމްބަރު - 2022
ނައިފަރު ލޭނާރު ދޯނީގެ ފަޅުވެރިންނާ ކޮންޓެކްޓިވި އިހަވަންދޫގެ ފަރާތްތައް ހޯދަނީ
29 - މާރިޗު - 2021
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
އަމިއްލަގޮތުން ވާދަކުރާ އަމްޖަދު، ޕީއެންސީ ކެމްޕޭނުގައި!
18 - މާރިޗު - 2026
ސަރުކާރަކާ އިދިކޮޅު ކައުންސިލެއް ނެގީމަ އިހަވަންދޫއަށް ވެފައޮތްގޮތް އިހަވަންދޫ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެ – އެމްޕީ ނަސީރު
10 - މާރިޗު - 2026
މޮޅަދޫ ޑަބްލިޔުޑީސީގެ ހުރިހާ ގޮނޑިއެއް އިންތިޚާބަކާ ނުލައި އެމްޑީޕީއަށް
15 - ފެބްރުއަރީ - 2026
ސިނާދު ދެވަނަ ދައުރަކަށް ކުރިމަތިލައްވަނީ
23 - ޖެނުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް