އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
މުޙައްމަދު އަކުރަމް
6 - އޭޕްރީލް - 2026
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ އިލެކްޝަންގައި އިހަވަންދޫ ދާއިރާއިން ސަރުކާރު ހިންގާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މި އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ރަށްތަކުން އިންތިޚާބުކުރި ޖުމްލަ 22 ގޮނޑީގެ ތެރެއިން ޕީއެންސީއަށް ކާމިޔާބު ކުރެވުނީ އެންމެ ގޮނޑިއެކެވެ. އިހަވަންދޫ ދާއިރާގައި ހިމެނޭ ތިން ރަށުގެ ތެރެއިން އިހަވަންދޫއިން 10 ގޮނޑިއަކަށް، މާރަންދޫއިން 6 ގޮނޑިއަކަށް އަދި މޮޅަދޫއިން 6 ގޮނޑިއަކަށް ކެނޑިޑޭޓުން އިންތިޚާބުކޮށްފައިވެއެވެ.
މި 22 ގޮނޑީގެ ތެރެއިން 19 ގޮނޑިއަކަށް ޕީއެންސީގެ ކެނޑިޑޭޓުން ވާދަކުރިއިރު، އެ ޕާޓީގެ ޓިކެޓްގައި އިންތިހާބުވީ ހަމައެކަނި މާރަންދޫގެ އ.ތ.މ ކޮމިޓީއަށް ވާދަކުރި އާމިނަތު ސާޖިދާ (ރެޑްވިލް) އެވެ. އިދިކޮޅު އެމްޑީޕީންވެސް މިއިންތިހާބުގައި 19 ގޮނޑިއަކަށް ވާދަކުރިއިރު، އެ ޕާޓީން ވަނީ 15 ގޮނޑި ކާމިޔާބުކޮށް ދާއިރާގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ. އޭގެތެރޭގައި ހިމެނެނީ އިހަވަންދޫ އަދި މާރަންދޫ ކައުންސިލްގެ ރައީސްގެ ގޮޑިއާއި، އިހަވަންދޫ އަދި މާރަންދޫ ކައުންސިލްގެ 4 ގޮޑިއަކާއި، މޮޅަދޫ އ.ތ.މ ކޮމިޓީގެ 3 ގޮނޑިއަކާއި، މާރަންދޫ އ.ތ.މ ގެ 2 ގޮނޑީގެ އިތުުރުން އިހަވަންދޫ އ.ތ.މ ކޮމިޓީގެ 4 ގޮނޑިއެކެވެ.
އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންވެސް ވަނީ 6 ގޮނޑި ކާމިޔާބުކޮށް، ޕީއެންސީއަށްވުރެ ރަނގަޅު ނަތީޖާއެއް ދައްކާފައެވެ. އެއީ އިހަވަންދޫ ކައުންސިލްގެ 2 ގޮނޑިއަކާއި އިހަވަންދޫ އ.ތ.މ ކޮމިޓީގެ ގޮނޑިއަކާއި މޮޅަދޫ ކައުންސިލްގެ ރައީސްގެ އިތުރުން 2 ކައުންސިލަރުންގެ ގޮނޑިއެވެ. މޮޅަދޫ ކައުންސިލްގެ އެއްވެސް ގޮޑިއަކަށް އެމްޑީޕީގެ ޓިކެޓްގައި އެއްވެސް ކެނޑިޑޭޓެއް ވާދައެއް ނުކުރެއެވެ. މައުލޫމާތު ލިބޭގޮތުގައި އެހެންކަމުން އެމްޑީޕީއިން ތާއީދުކުރީ މޮޅަދޫ ކައުންސިލަށް ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން އެޕާޓީއާއި ހިޔާލު އެއްގޮތް ކެނޑިޑޭޓުން އިންތިހާބުކުރާށެވެ. މައުލޫމާތުލިބޭ ގޮތުގައި އެކެނޑިޑޭޓުންވަނީ އިންތިހާބު ކާމިޔާބު ކޮށްފައެވެ.
މި އިންތިޚާބުގައި ޕީއެންސީއަށް މިފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ، އިހަވަންދޫ ދާއިރާގެ ޕީއެންސީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުންގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކާއި ކޯޅުންތަކެވެ.
ޚަބަރު ލިބޭގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ސިޔާސީ މަޤާމުތަކުގައި ތިއްބެވި އިހަވަންދޫއަށް ނިސްބަތްވާ ބައެއް ބޭފުޅުން ވަނީ ޕާޓީގެ ރަސްމީ ކެނޑިޑޭޓުންގެ ބަދަލުގައި އެހެން ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރައްވާފައެވެ. މިއީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރި ކެނޑިޑޭޓުން ބަލިވުމަށް މެދުވެރިވި ސަބަބެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.މިއީ ރައްޔިތުންގެ ވޯޓަކުން ކައުންސިލަރުން އިންތިހާބުކުރަން ފެށިފަހުން، ވެރިކަމުގައިއޮތް ޕާޓީއަކަށް ކައުންސިލް އިންތިހާބެއްގައި އިހަވަންދޫ ދާއިރާއިން ނެރެވުނު އެންމެދަށް ނަތީޖާއެވެ.
ހއ. އިހަވަންދޫ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު
ހއ. މޮޅަދޫ
ހއ. މާރަންދޫ
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު
އިހަވަންދޫ ދާއިރާ
ގުޅުން ހުރެދާނެ ލިޔުން
ޕީއެންސީގެ ޖަލްސާއަށް އިހަވަންދޫ ދާއިރާއިން ގިނަ ބަޔަކު މާލެއަށް!
14 - ނޮވެމްބަރު - 2025
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 : އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ނަސީރު
21 - އޭޕްރީލް - 2024
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
އިހަވަންދޫ ދާއިރާ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބަހައްޓާ ފޮށި ބަދަލުކޮށްފި
15 - އޮގަސްޓު - 2023
އެމްޑީޕީ އިހަވަންދޫ ދާއިރާގެ ރައީސްކަމުގެ މަޤާމަށް މިސްބާހް
26 - ސެޕްޓެމްބަރު - 2021
މޮޅަދޫ ޑަބްލިޔުޑީސީގެ ހުރިހާ ގޮނޑިއެއް އިންތިޚާބަކާ ނުލައި އެމްޑީޕީއަށް
15 - ފެބްރުއަރީ - 2026
ޕީއެންސީގެ ޓިކެޓް ލިބިފައި ވަނިކޮށް، ރިފްދާ ނަން އަނބުރާ ގެނެސްފި!
11 - ޖެނުއަރީ - 2026
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި 8 ރަށަކުން ވާދަކުރަނީ
7 - ޑިސެމްބަރު - 2022
ފިއްލަދޫއާއި މުރާދޫ ފިޔަވައި ހއ. އަތޮޅުގެ ރަށްތަކުން ރައްޔިތުންގެ ބައްދަލުވުން ބާއްވާފައިވޭ
24 - މާރިޗު - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް