ސަރުކާރަކާ އިދިކޮޅު ކައުންސިލެއް ނެގީމަ އިހަވަންދޫއަށް ވެފައޮތްގޮތް އިހަވަންދޫ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެ – އެމްޕީ ނަސީރު
މުޙައްމަދު އަކުރަމް
10 - މާރިޗު - 2026
ސަރުކާރެއް އޮވެމެ، ސަރުކާރަކާ އިދިކޮޅު ކައުންސިލެއް ނެގީމަ އިހަވަންދޫއަށް ވެފައޮތްގޮތް އިހަވަންދޫ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމެބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ. ނަސީރު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން މީޑިއާތަކުގެ ޒަރިއްޔާއިން ކުރިއަސް ގެންދާ ކެމްޕެއިން ހަރަކާތް "ދިވެހިންގެ ރާއްޖެ" ޕްރޮގްރާމުގައި ރޭ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
"އަޅުގަނޑުމެންނަށް ފެނިގެންމިދަނީ، ސަރުކާރަކާ އިދިކޮޅު ކައުންސިލެއް ނެގީމަ އިހަވަންދޫއަށް ވެފައޮތްގޮތް އިހަވަންދޫ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެ. އެއާ ހިލާފަށް ސަރުކާރާއި އެއްކޮށް އޮންނަ ކައުންސިލް އޮންނަ ރަށްރަށް، ބޮޑެތި ރަށްރަށް އަދި މެދު ފަންތީގެ ރަށްރަށްވެސް ހުރީ ވަރަށް ރަނގަޅަށް ސަރުކާރުން ހިދުމަތް ދެވިފަ." ނަސީރު ވިދާޅުވިއެވެ.
ނަސީރު ވިދާޅުވީ ހިދުމަތް ނުދެވިހުރީ އިދިކޮޅު ކައުންސިލެއް އޮންނަ ރަށްރަށުގައި ކަމުގައެވެ. ނަސީރު ވިދާޅުވީ އެބޭފުޅާ ގަބޫލުކުރައްވާ ގޮތުގައި އެހެން އެދިމާވަނީ، ވެރިކަމަށް އައުމަށްޓަކައި އެންމެ ބުރަ މަސައްކަތެއް ކުރައްވާނީ ލޯކަލް ކައުންސިލަށް ނެގޭ އިދިކޮޅު މެމްބަރުން ކަމުގައެވެ. ނަސީރު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ނުލިބޭ ގޮތަށް ބައްޓަން ކުރުމަށް ޓަކައި އިދިކޮޅު މެމްބަރުން މަސައްކަތް ކުރާނެ ކަމުގައެވެ. "އެކަން އަޅުގަނޑުމެނަށް ފާހަގަވަމުން އަންނާނެ، 2013 އިން 2018 އަށް ކުރި ވެރިކަމުގައިވެސް ހަމަ ކައުންސިލްތައް ހުންނާނީ ގިނަފަހަރަށް ސަސްޕެންޑް ކުރެވިފަ، އެއީ ސަރުކާރުން ހިދުމަތް ދޭންއުޅޭ ގަޑީގައި، ލޯކަލް ނެގިފަތިބޭ ކައުންސިލަރުން، އެމްޑީޕީ ކައުންސިލަރުން، ރަށުގެ ރައްޔިތުންނަށް ދޭންއުޅޭ ހިދުމަތަށް ހުރަސްއެޅުމާ، ސަރުކާރުން އެދިލަށްވާ ގޮތްގޮތަށް ކަންކަން ނުވާނެގޮތަށް ލަސްކުރުމާ، މިކަންކަމާ ގުޅިގެން މިކަހަލަ މައްސަލަތައް ދިމާވަނި." ނަސީރު ތަފްސީލް ކޮށްދެއްވިއެވެ.
ނަސީރު އިތުރަށް ވިދާޅުވީ، ތިންދައުރެއްގައި މިމައްސަލަ އިހަވަންދޫއަށް ދިމާވެއްޖެ ކަމަށާއި، އެހެންކަމުން މިފަހަރު ރައްޔިތުން ވަރަށް ބޮޑަށް ގަބޫލުކުރަނީ، ތަރައްޤީގެ މަސައްކަތައް އަވަހަށް ކުރިޔަށް ގެންދެވޭނީ ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދޭ، ސަރުކާރާއި އެއްހަމަޔަކުން ހިނގާ ކައުންސިލެއް އޮވެގެން ކަމުގައެވެ. ނަސީރު ވިދާޅުވީ އެނަތީޖާ މިފަހަރު އިހަވަންދޫއިން ފެނިގެން ދާނެކަމުގައެވެ.
ނަސީރުގެ މިވާހަކަތަކަށް ސޯޝަލް މީޑިއާގައި އަންނަނީ ވަރަށްބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އިހަވަންދޫގެ ތަރައްޤީގެ މަސްރޫޢުތަކުގައި ބުރެކި ޖެހިފައިވަނީ އިދިކޮޅު ކައުންސިލެއް އޮންނާތީތޯ ބައެއް ފަރާތްތަކުންވަނީ ސުވާލު އުފައްދާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
އެމްޕީ ނަސީރަށް އިހަވަންދޫ ޕީއެންސީގެ ކޮންޓްރޯލް ގެއްލެނީބާ؟
23 - މާރިޗު - 2026
އަމިއްލަގޮތުން ވާދަކުރާ އަމްޖަދު، ޕީއެންސީ ކެމްޕޭނުގައި!
18 - މާރިޗު - 2026
އަމްޖަދު އަމިއްލަގޮތުން ކުރިމަތިލަނީ!
14 - ޖެނުއަރީ - 2026
ޕީއެންސީގެ ޓިކެޓް ލިބިފައި ވަނިކޮށް، ރިފްދާ ނަން އަނބުރާ ގެނެސްފި!
11 - ޖެނުއަރީ - 2026
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
ވޯޓުގުނާ މަރުކަޒުގައި އިޢުލާނުކުރި ނަތީޖާ، ކޮމިޝަނުން އާއްމު ކުރި ނަތީޖާއާ ދިމާ ނުވާ މައްސަލައެއް
13 - އޭޕްރީލް - 2021
ކައުންސިލް އިންތިހާބު: އިހަވަންދޫގެ 2 ނަންބަރު ވޯޓު ފޮށީގެ އަންހެނުންތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފޮށިތެރޭގައި 2 ގަލަން
10 - އޭޕްރީލް - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް