ޚަބަރު

ޕޯލްސްޓަރ ޢީދު ސައިފޮދު މިއަހަރުވެސް އޮންނާނެ

ޕޯލްސްޓަރ ޢީދު ސައިފޮދު މިއަހަރުވެސް އޮންނާނެ
Advertisement Advertisement
ކްލަބް ޕޯލްސްޓަރގެ ޢީދު ސައިފޮދު މިއަހަރުވެސް އޮންނާނެ ކަމަށް އެކުލަބުން ބުނެފިއެވެ. މިއީ މުޖްތަމައުގެ އެންމެހާ އަހުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް އީދު ސައިފޮދު ދިނުމުގެ ސަޤާފަތް ދިރުވާ އާލާކުރުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ ހަރަކާތެއްކަމަށް ކްލަބް ޕޯލްސްޓާއިން މައުލޫމާތުދެއެވެ. ކްލަބް ޕޯލްސްޓަރގެ ރައީސް މުހައްމަދު ސުޖާއު މައުލޫމާތު ދެއްވިގޮތުގައި މިއަހަރުގެ ޢީދު ސައިފޮދުވެސް އޮންނާނީ ހުރަވީ ދަނޑުގެ އިރުމަތީ ފަރާތުން ސިނާއީ މަގުގައެވެ. މިއީ ކްލަބް ޕޯލްސްޓާއިން އީދު ސައިފޮދު ދިނުމުގެ ހަރަކާތް އިންތިޒާމްކުރާ ދެވަނަ އަހަރެވެ. މިއަހަރުގެ ފިތުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނީ އިހަވަންދޫ ހުރަވީ ދަނޑުގައެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް