"ކާފަމާމަ މައިޒާން" ހަދަން ޕޯލްސްޓަރ އަށް ދެލައްކަ ސާޅީސް އެއްހާސް ރުފިޔާ
"ކާފަމާމަ މައިޒާން" ނުގެ ނަމުގައި މައިޒާނެއް ހަދަން ކްލަބް ޕޯލްސްޓަރއަށް، 241000 (ދެލައްކަ ސާޅީސް އެއްހާސް) ރުފިޔާގެ މާލީ އެހީތެރިކަމެއް ދިނުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ނިންމައިފިއެވެ. މިކަން އިއުލާންކުރީ މިމަހުގެ 8 ވަނަ ދުވަހުގެރޭ ރާއްޖޭގައި ފުރަތަމަ ފަހަރަށް "ސިވިލް ސޮސައިޓީ އެވޯޑްސް"ގެ ނަމުގައި ތަޢާރަފްކުރި އެވޯޑްދިނުމަށް ބޭއްވި ހަފްލާގައެވެ.
ޔޫތް މިނިސްޓްރީގެމި އެހީތެރިކަން އެޖަމިއްޔާއަށް ލިބިފައިވަނީ، ރަށްރަށުގައި މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ މިނިސްޓްރީން ހުޅުވާލި ފުރުޞަތުގެ ދަށުން ޖަމިއްޔާތަކުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ކްލަބް ޕޯލްސްޓާއިން ހުށަހެޅި ޕްރޮޕޯސަލް ހޮވިފައިވާތީއެވެ. ޔޫތް މިނިސްޓްރީއިން ހުޅުވާލި ފުރުސަތުގައި 52 ޖަމިއްޔާއަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު، އެހީތެރިކަން ދިނުމަށް އެމިނިސްޓްރީން ނިންމާފައިވަނީ 13 ޕްރޮޖެކްޓަކަށެވެ.
"ކާފަމާމަ މައިޒާން" ޕްރޮޖެކްޓަށް 241000ރ ޔޫތް މިނިސްޓްރީއިން ދޭން ނިންމާފައިވާއިރު، ޕްރޮޖެކްޓްގެ ޖުމްލަ އަގު 380000 (ތިންލައްކަ އައްޑިހަހާސް) ރުފިޔާއށް ވުރެ މައްޗަށް އަރައެވެ.
ހއ. އިހަވަންދޫ
ކުލަބު ޕޯލްސްޓަރ
މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އަރޓްސް
ކާފަމާމަ މައިޒާން
ގުޅުން ހުރެދާނެ ލިޔުން
ކާފަ މާމަ މައިޒާން ތަރައްޤީ ކުރުމަށް ބިންހަވާލުކޮށް ކައުންސިލުން ދޭން ނިންމާފައިވާ އެހީ ހަވާލުކޮށްފި
7 - މޭ - 2024
ކުލަބު ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
24 - މާރިޗު - 2024
"ކާފަމާމަ މައިޒާން" ހަދަން ޕޯލްސްޓަރ އަށް އެއްލައްކަ ރުފިޔާގެ އެހީތެރިކަން ދޭން ކައުންސިލުން ނިންމައިފި
27 - ސެޕްޓެމްބަރު - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގެ ކޭޓަރިންގް ޕާރޓްނަރަކަށް ބާބަކިޔުހަޓް
5 - ޖުލައި - 2023
ވާދެމުމުގެ މުބާރާތުގެ ދެބައިގެ ޗެމްޕިއަންކަންވެސް އިރަމާ ހޯދައިފި
4 - ޖުލައި - 2023
ޕޯލްސްޓަރ ވާދެމުމުގެ މުބާރާތް ފަށައިފި
29 - ޖޫން - 2023
ޢީދު ފާހަގަކުރުމަށް އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް ހިންގަނީ
26 - ޖޫން - 2023
ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި
24 - މޭ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް