ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ މުބާރާތެއް ބާއްވަނީ
ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ “ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ މުބާރާތު“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް ހުޅުވައިލައިގެން ކުރިއަށްގެންދަން ނިންމާފައިވާ މި މުބާރާތުގެ މަޤްސަދަކީ، ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ޤާބިލުކަން ސަރުކާރު މުވައްޒަފުންގެ ކިބައިގައި އިތުރުކުރުމާއި، ސާފު ދިވެހި ބަހުން މުޢާމަލާތުކުރުމުގެ ޤާބިލުކަން އުފެއްދުންކަމަށް ދިވެހިބަހުގެ އެކެޑަމީން ބުނެއެވެ. މި މުބާރާތް ފަރުމާ ކުރެވިފައިވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށް ބިނާކޮށްކަމަށް އެކެޑަމީން ބުނެއެވެ.
އޭގެތެރެއިން އެއް ބަޔަކީ ”ކުށް ލަފުޒާއި ކުށް ޢިބާރާތް“ މި ބައެވެ. މި ބައިގައި އޮންނާނީ ޢާންމުކޮށް ކިޔާ ކުށްކުށާއި، ބޭނުންކުރާ ކުށް ލަފުޒާއި، ކުށް ޢިބާރާތް ރަނގަޅުކުރުމެވެ. އަދި ކުށް ޢިބާރާތް ރަނގަޅަށް އޮންނަން ގޮތް ކަރުދާހުގައި ލިޔަން ވާނެކަމަށް އެކެޑަމީން މަޢުލޫމާތު ދީފައިވެއެވެ.
ދެވަނަ ބަޔަކީ އިމްލާގެ ބަޔެވެ. މި ބައިގައި އޮންނާނީ ލިޔެކިޔުމުގައި ޢާންމުކޮށް ބޭނުންކުރާ ހަމަތައް ރަނގަޅު ކުރާން ތައްޔާރުކޮށްފައިވާ ޕެރެގްރާފެކެވެ. މި ޕެރެގްރާފުގައި ރަނގަޅުކުރަން ހިމަނައިފައިވާނީ ލިޔެކިޔުމުގެ އުސޫލުތަކުގެ ތެރެއިން ލަފުޒު ވަކިކޮށް ލިޔުމާއި، ފިލި ބޭނުންކުރުމާއި، ސުކުންކުރުމާއި ތިކިޖެހި ތާނަ ބޭނުންކުރުމެވެ.
އޮންލައިންކޮށް ކުރިއަށްގެންދާ މި މުބާރާތުގައި އޮންނާނީ އެކެޑަމީން ތައްޔާރުކޮށްފައިވާ ސުވާލު ކަރުދާހަކަށް ޖަވާބު ދިނުން ކަމަށާއި، ޖަވާބު ދިނުމުގައި ޢަމަލުކުރަންވީ ގޮތުގެ އެންމެހައި އިރުޝާދާއި މަޢުލޫމާތު އެ ސުވާލު ކަރުދާހުގައި ހިމަނައިފައި ވާނެކަމަށް އެކެޑަމީން ބުނެއެވެ.
އެކެޑަމީން މަޢުލޫމާތުދިން ގޮތުގައި މި މުބާރާތް އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށެވެ.
މި މުބާރަތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެކަމަށް އެކެޑަމީން ވަނީ ބުނެފައެވެ.
މި މުބާރާތުގެ ވަނަވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު އެއްވަނަ އަށް 3000 ރުފިޔާ، ދެވަނަ އަށް 2000 ރުފިޔާ އަދި ތިން ވަނައަށް 1000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ޅެން ހެދުމުގެ 27ވަނަ ޤައުމީ މުބަރާތުގެ މަތީ ސާނަވީ ގިންތިން އެންމެ މޮޅު ދަރިވަރަކަށް އިހަވަންދޫ ސްކޫލްގެ ޖުމާނާ
13 - ޑިސެމްބަރު - 2024
އެކަޑަމީން ބޭއްވި ކުރުވާހަކަ، މަޒުމޫނު އަދި ޅެންހެދުމުގެ މުބާރާތްތަކުން އިހަވަންދޫ ސްކޫލް ރަންވަނަތަކެއް ހޯދާފި
21 - ޖެނުއަރީ - 2023
އެކަޑަމީގެ ކުރުވާހަކަ އަދި މަޒުމޫން ލިޔުމުގެ މުބާރާތުން ރަން ވަނަތައް އިހަވަންދޫއަށް
11 - މޭ - 2022
ހއ. އަތޮޅަށް ހުޅުވާލައިގެން 1 ލައްކަ ރުފިޔާގެ ފުޓްސަލް މުބާރާތެއް ހޯރަފުށީގައި ބާއްވަނީ
1 - ފެބްރުއަރީ - 2026
ހއ. އަތޮޅަށް ހުޅުވާލައިގެން ހޯރަފުށީގައި ހޭންޑްބޯޅަ މުބާރާތެއް ބާއްވަނީ
15 - މޭ - 2023
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަނީ
5 - މޭ - 2023
ހއ އަތޮޅުގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބާއްވަނީ
17 - ނޮވެމްބަރު - 2022
އިމަގުން އެއްލައްކަ ރުފިޔާގެ އަގުހުރި މުބާރާތެއް ބާއްވަނީ
7 - ޖެނުއަރީ - 2021
ހއ އަތޮޅަށް ހުޅުވާލައިގެން އަންހެނުންގެ ވޮލީ މުބާރާތެއް ބާއްވަނީ
9 - ޑިސެމްބަރު - 2018
އޮފީސްތަކުގެ ފުޓްސަލް މުބާރާތެއް ބާއްވަނީ
7 - ޖުލައި - 2017
ކޮމެންޓް
އަދި ކޮމެންޓެއް ނެތް